މާލެ: 31°C

ފުރުޤާން މިސްކިތުގެ ހަތިމުތައް އުކާލައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި

November 24, 2024
2 ފަހަރު ބަލާފައި
ފުރުޤާން މިސްކިތުގެ ހަތިމުތައް އުކާލައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި
ފުރުޤާން މިސްކިތުގެ ހަތިމުތައް އުކާލައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި
ރޭ ދަންވަރު ފުރުޤާން މިސްކިތުގެ ހަތިމުތައް އުކާލައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ޝެއިޙް އާދަމް ނިޝާމް ބިން އަލީ އާދަމް އެ ބޭފުޅާގެ ފޭސްބުކު ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ފަތިސް ނަމާދުގެ ކުރިން ވަނީ ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އުކާލާ ފައިކަމަށެެެ.
އިތުރަށް އެ ޕޯސްޓްގައި ޝެއިޙް ނިޝާމް ބުނެފައިވަނީ އެކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއްކަމަށާއި، މީގެ ކުރިންވެސް އެތައް ފަހަރަކު އެމީހާވަނީ މުސްޙަފްތައް އުކާލުމާއި އެފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައިކަމަށެެެ.
އަދިވެސް އިތުރަށް އެ ޕޯސްޓްގައި ބުނެފައިވަނީ އެވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލުން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯ ސްވާލުކުރައްވާފައެެެ. އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު އެމީހާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު އެކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ