ސިޔާސީ ޕާޓީއެއް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމު ކުރާ ގޮތް، ވާދަވެރިންނަށް ދަސްކޮށްދޭނަން: ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް

ސިޔާސީ ޕާޓީއެއް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމު ކުރާ ގޮތް، ވާދަވެރިންނަށް ދަސްކޮށްދޭނަން: ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް
ލިޔުން:
ސިޔާސީ ޕާޓީއެއް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމު ކުރާ ގޮތް، ވާދަވެރިންނަށް ދަސްކޮށްދޭނެ ކަމަށް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ޕީއެންސީ ގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ހިންގުމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ބާރުއެޅުއްވީ އާންމު މެމްބަރުންނާއި ޕާޓީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކަމަށާއި އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ސްޓިއަރިން ކޮމިޓީއެއް އޮންނާނެ ކަމަށާއި ކޮންމެ ދާއިރާއެއްގައި ރައީސަކާއި ނައިބު ރައީސެއް އަދި އަންހެނުންގެ ހަރަކާތުގެ ރައީސަކާއި ޒުވާނުންގެ ހަރަކާތުގެ ރައީސެއް ހުންނާނެ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.
އަބްދުލްރަހީމް އިތުރަށް ވިދާޅުވީ ޕީއެންސީން ދެން ކުރިއަށް އިތްތަނުގައި ކުރާނެ މަސައްކަތަކީ ޕާޓީގެ އެހެނިހެން ހަރަކާތްތައް ވަރުގަދަކުރުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ސިޔާސީ ޕާޓީއެއް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމު ކުރާ ގޮތް، ވާދަވެރިންނަށް ދަސްކޮށްދޭނެ ކަމަށްވެސް އަބްދުލްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
