މާލެ: 31°C

އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި ސިފައި ގުޅިގެން ހިންގަމުންއަން "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ އެކްސަސައިޒް މާފިލާފުށީގައި ހިންގައިފި

November 23, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި ސިފައި ގުޅިގެން ހިންގަމުންއަން "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ އެކްސަސައިޒް މާފިލާފުށީގައި ހިންގައިފި
އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި ސިފައި ގުޅިގެން ހިންގަމުންއަން "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ އެކްސަސައިޒް މާފިލާފުށީގައި ހިންގައިފި
އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި ސިފައި ގުޅިގެން ހިންގަމުންއަން "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ އެކްސަސައިޒް މާފިލާފުށީގައި ހިންގައިފިއެވެ.
އޮކްޓޫބަރު 28 އިން ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ޅ.މާފިލާ ފުށީގައި ހިންގި އެކްސަސައިޒްގައި އިންޑިއަން ނޭވީ، މެރިން ކޮމާންޑޯއާއި އެމްއެންޑީއެފް މެރިން ކޯރ އާއި ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން ބުނެފައިވަނީ ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކޮށްފައި ވަނީ ޓެކްޓިކަލް ޑައިވިންއާއި ފަޔަރިން އާއި އަދި ސްލިދަރިން އަދި ބޯޑިން ހުނަރުތައް ކަމަށެެވެެ.
އެކްސަސައިޒް ނިންމުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
"އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ސިލްސިލާ، ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނު މަހާވަރްއާއި، އެމްއެންޑީއެފް ނޮަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފްއާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ