
ޕީއެންސީން މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓަކަށް ނުގޮސް 1300 ކެނޑިޑޭޓުން ވަނީ ހޮވިފައި: ޕީއެންސީ
ޕީއެންސީން މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓަކަށް ނުގޮސް 1300 ކެނޑިޑޭޓުން ވަނީ ހޮވިފައި: ޕީއެންސީ
ލިޔުން:
ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓަކަށް ނުގޮސް 1300 ކެނޑިޑޭޓުން ހޮވިއްޖެއެވެ.
ޖުމްލަ 1984 މަގާމަށް މީހުން ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގައި 1 ކެނޑިޑޭޓެއް ކުރިމަތިލާފައިވާ 1300 މަގާމުގެ އިންތިހާބު ނުބާއްވައި އެ ފަރާތްތަށް މިހާރުވަނީ މަގާމަށް ހޮވިފައި ކަމަށް ކަޑައަޅާފައި ކަމަށާއި މިއަދު އިންތިހާބު ބާއްވަނީ 1 ކެނޑިޑޓަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކޮސްފައިވާ 468 މަގާމަށް ކަމަށް އެ ޕާޓީން ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން ވޯޓުލުމަށްޓަކައި 144 ވޯޓި ފޮށި ބަހައްޓާފައިވާ ކަމަށާއި މާލޭގއި 56 ވޯޓު ފޮށި ހުންނާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި މިއަދުގެ އިންތިހާބުގައި ޖުމްލަ 33500 މީހުންނަށް ވޯޓް ލުބުމުގެ ހައްގު ލިބިގެންވާކަމަށާއި، ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މިއަދު އެޕާޓީން އިންތިހާބު ކުރާ މަގާމުތަކަކީ އެ ޕާޓީން މިވަގިތު ހުސްވެފައިވާ ދާއިރާ ރައީސުންގެ މަގާމުތަކާއި ދާއިރާތަކުގެ ނައިބު ރައީސުންގެ މަގާމާއި، ދާއިރާގެ ޒުވާނުންގެ ޚަރަކާތުގެ ރައީސް އާއި ދާއިރާގެ ސްޓިއަރިންގ ކޮމެޓީގެ މެމްބަރުންގެ މަގާމުތަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
