މާލެ: 31°C

ކުޑަކުއްޖަކާ ބެހުނުމީހާ މިނިވަނެއް ނުކުރޭ، ހުރީ ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައި: ޑީޕީއާރުއެސް

November 23, 2024
2 ފަހަރު ބަލާފައި
ކުޑަކުއްޖަކާ ބެހުނުމީހާ މިނިވަނެއް ނުކުރޭ، ހުރީ ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައި: ޑީޕީއާރުއެސް
ކުޑަކުއްޖަކާ ބެހުނުމީހާ މިނިވަނެއް ނުކުރޭ، ހުރީ ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައި: ޑީޕީއާރުއެސް
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު މިނިވަންކުރި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތެއްކަމަށް ޑީޕީއާރުއެސް އިން ހާމަކޮށްފިއެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ހއ.ހޯރަފުށި އަންދަލީބުގެ 57 އަހަރުގެ ހާޝިމް އަބޫބަކުރު މިނިވަން ކޮށްފި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަކާ ގުޅިގެން ޑީޕީއާރ އެސް އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ހާޝިމް އަބޫބަކުރު މިނ ިވަން ކޮށްފިކަމަށްބުނެ ފަތުރަމުންގެންދަނީ ދޮގު މައުޅުމާތެއް ކަމަށާއި ހާޝިމް އަބޫބަކުރަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާއި ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ ހުރީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި ކަމަށާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން ހާޝިމް އަބޫބަކުރު މޮނިޓަރ ކޮށް ބަލަހައްޓަމަުން ކަމަށެވެ. ޙާޝިމް އަބޫބަކުރު އަކީ 2020 ވަނަ އަހަރު ކުޑަ ފިރިހެންކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރަިނިކޮށް ކުށުގެ ވެށިން ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް 20 ނޮވެމްބަރ 2022 ގައި ވަނީ 12 އަހަރާއި 5 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ