މާލެ: 31°C

ނޯތު ކޮރެއާގެ ސިފައިން ޔުކްރޭނާ ދެކޮޅު ހަނގުރާމައަށް، ބަދަލުގައި ނޯތު ކޮރެއާ އަށް އެންޓިއެއާ މިސައިލް އާއި އިގްތިސާދީ އެހީތެރިކަން

November 22, 2024
2 ފަހަރު ބަލާފައި
ނޯތު ކޮރެއާގެ ސިފައިން ޔުކްރޭނާ ދެކޮޅު ހަނގުރާމައަށް، ބަދަލުގައި ނޯތު ކޮރެއާ އަށް އެންޓިއެއާ މިސައިލް އާއި އިގްތިސާދީ އެހީތެރިކަން
ނޯތު ކޮރެއާގެ ސިފައިން ޔުކްރޭނާ ދެކޮޅު ހަނގުރާމައަށް، ބަދަލުގައި ނޯތު ކޮރެއާ އަށް އެންޓިއެއާ މިސައިލް އާއި އިގްތިސާދީ އެހީތެރިކަން
ނޯތު ކޮރެއާގެ ސިފައިން ޔުކްރޭނާ ދެކޮޅު ހަނގުރާމައަށް ފޮނުވީ ބަދަލުގައި ރަޝިޔާ އިން އެންޓިއެއާ މިސައިލް އާއި އިގްތިސާދީ އެހީތެރިކަން ނޯތުކޮރެއާއަށް ފޯރުކޮށްދޭ ގޮތަށް ކަމަށް ނޯތު ކޮރެއާއިން ބުނެފިއެވެ. ރަޝިޔާއިން އުތުރު ކޮރެއާއަށް އެންޓި އެއާ މިސައިލްދިނީ ޔޫކްރެއިންގައި މޮސްކޯއިން ކުރަމުންދާ ހަނގުރާމައަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ކަމަށް އުތުރުކޮރެއާގެ އެންމެ އިސް ސެކިއުރިޓީ އެޑްވައިޒަރު ޝިން ވަނީ ބުނެފައެވެ. ނިއުކްލިއާ ބާރެއްކަމުގައިވާ އުތުރު ކޮރެއާއިން ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއަށް އެހީވުމަށް 10،000 އަށް ވުރެ ގިނަ ސިފައިން ފޮނުވާފައިވާކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ވަނީ ތުހުމަތުކޮށްފައެވެ. ތަޖުރިބާކާރުން ބުނާގޮތުން އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުން ހުންނެވީ އެޑްވާންސް ޓެކްނޮލޮޖީ އާއި ހަތިޔާރު ހޯދުމަށާއި،  އެ ގައުމުގެ ސިފައިންނަށް ހަނގުރާމައިގެ ތަޖުރިބާ ހޯއްދަވައިދެއްވުމަށްޓަކައި ޔުކްރޭނާ ރަޝިޔާގެ ހަނގުރާމައަށް އެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން ފޮނުވުމަށް ތައްޔާރަށެވެ. އެގައުމުގެ ޓީވީވެނަލް އެސްބީއެސްއާ ވާހަކަ ދައްކަވަމުން ޝިން ބުނެފައިވަނީ ރަޝިޔާއަށް ސިފައިން ފޮނުވުމުގެ ބަދަލުގައި އުތުރު ކޮރެއާއަށް އިގްތިސާދީ ގޮތުންވެސް އެހީތެރިކަން ލިބިފައިވާ ކަމަށާއި މެއި މަހުގެ 27 ވަނަ ދުވަހު ފެއިލްވި މިސައިލް ލޯންޗް އަށް ފަހު އެގައުމުން ދަނީ ސެޓެލައިޓާ ގުޅުން ހުރި ޓެކްނޮލޮޖީގެ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ސިފައިންގެ ބަދަލުގައި އުތުރު ކޮރެއާގެ އަމާޒަކީ ސަވައިލަންސް ސެޓެލައިޓުން ފެށިގެން ސަބްމެރިން ފަދަ އަސްކަރީ ޓެކްނޮލޮޖީ ހޯދުމުގެ އިތުރުން މޮސްކޯއިން ސަލާމަތީ ގޮތުން ދެވިދާނެ ގެރެންޓީތަކެއް ހޯދުން ކަމަށް ތަޖުރިބާކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ މިދިޔަ ޖޫން މަހު ސްޓްރެޓެޖިކް ޕާޓްނާޝިޕް މުއާހަދާއެއްގައި ސޮއިކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ދެގައުުންކުރެ ގައުމަކަށް ހަމަލާއެއް ދީފިނަމަ ލަސްނުކޮށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅު ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމަށް އެވ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. ޕުޓިން ވަނީ އުތުރު ކޮރެއާއާއި ދެމެދު ހަދާފައިވާ އެއްބަސްވުމަކީ "ބްރެކްތްރޫ ޑޮކިއުމެންޓެއް" ގެ ގޮތުގައި ސިފަކުރައްވައި އެ އެއްބަސްވުމަށް ވަރަށްބޮޑަށް ތައުރީފު ކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން ހަނގުރާމައިގެ ތެރޭގައި އުތުރު ކޮރެއާއިން ދަނީ ހަތިޔާރާއި އަސްކަރީ އެހީތެރިކަމާއި މަސައްކަތްތެރިން ރަޝިޔާއަށް ސަޕްލައިކުރުމުގެ އިތުރުން އުތުރު ކޮރެއާގެ ތެލާއި ގޭސް ފަދަ ގުދުރަތީ ވަސީލަތްތައް ވެސް ރަޝިއާއަށް ފޯރުކޮށްދެމުންނެވެ. އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ޗޯއި ސޮން ހުއި މޮސްކޯއަށް ކުރެއްވި ދަތުރަށްފަހު ބުނެފައިވަނީ "ކާމިޔާބީގެ ދުވަހާ ޖެހެންދެން ރަޝިޔާގެ އެކުވެރިންނާ އެކު ސާބިތުކަމާއެކު ދެމިއޮންނާނެ" ކަމަށެވެ. އިތުރަށް އެކަމަނާ ބުނެފައިވަނީ ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައަކީ "މާތް ޖިހާދެއް" ކަމަށާއި ޕުޓިންގެ ބުއްދިވެރި ލީޑަޝިޕް ނޯތު ކޮރެއާއިން ގަބޫލުކުރާ ކަމަށެވެ. އަދި އުތުރު ކޮރެއާއިން މިދިޔަ މަހު ބުނެފައި ވަނީ ރަޝިއާއަށް ސިފައިން ފޮނުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ އަމަލެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ