މާލެ: 31°C

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ "ސްޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލަކަށް ގެނައި އިސްލާހަކަށްވާތީ، އެ އިސްލާހުގައި ދުސްތޫރީ ސައްހަކަމެއްނެތް: ކުރީގެ އުއްތަމަފަނޑިޔާރު ޑރ.ޑީޑީ

November 21, 2024
2 ފަހަރު ބަލާފައި
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ "ސްޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލަކަށް ގެނައި އިސްލާހަކަށްވާތީ، އެ އިސްލާހުގައި ދުސްތޫރީ ސައްހަކަމެއްނެތް: ކުރީގެ އުއްތަމަފަނޑިޔާރު ޑރ.ޑީޑީ
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ "ސްޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލަކަށް ގެނައި އިސްލާހަކަށްވާތީ، އެ އިސްލާހުގައި ދުސްތޫރީ ސައްހަކަމެއްނެތް: ކުރީގެ އުއްތަމަފަނޑިޔާރު ޑރ.ޑީޑީ
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ "ސްޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލަކަށް ގެނައި އިސްލާހަކަށްވާތީ، އެ އިސްލާހުގައި ދުސްތޫރީ ސައްހަކަމެއްނެތް ކަމުގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގައި، "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ކަނޑައަޅައިފައިވާ ނައްޞުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ނުވަތަ "ރައްޔިތުންގެ ސިޔާދަތު" ގެއްލޭގޮތަށް ފަރުމާކުރެވިފައިވާ ނައްޞުތަކަކަށް ގެނެވުނު އިސްލާހެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސިޔާދަތުގެ މަބްދައަކީ ޙަޤީޤަތުގައި އެ މަބްދައާ ޚިލާފަށް ޤާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" (supra constitutional) ޕްރިންސިޕަލް އެއްކަމަށްވާތީ، އެ މަބްދައާ ތަޢާރުޟުވާގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްޞަކީ އެއަށް "ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ ނައްޞެއްކަމުގައި ނުބެލެވޭނެކަމަށެވެ. އެކަމާގުޅިގެން އެ މަނިކުފަނުގެ ޕޯށްޓްގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ބައެއް މަލްޓި ޕާޓީ ސިސްޓަމްތަކުގައި "ފްލޯރް ކްރޮސިންގ" މަނާކުރުމުގެ ގޮތުން ޤާނޫނުތަކެއް ހެދިފައި ވީނަމަވެސް، "އެނޓި ޑިފެކްޝަން" ޤާނޫނުތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތައް ބަލައިގަންނަ އެއްޗެއް ނޫންކަމަށާއި، "އެންޓި ޑިފެކްޝަން" ޤާނޫނު ތަޠްބީޤު ކުރާ ބައެއް ނިޒާމުތަކަކަކީ "ބަރްލަމާނީ" ނުވަތަ "ސެމީ ބަރްލަމާނީ" ނިޒާމުތަކެއް ގައި އެކަން ކުރާ ގޮތް ކަމަށެވެ. އޭގެ މައިގަނޑު މަޤްޞަދަކީ، އެފަދަ ނިޒާމުތަކުގައި ޕާރލަމެންޓަރީ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރުގެ ދެމިއޮތުމަށް ހުރަސްއެޅިގެންދާތީ އެކަމަށް ޙައްލު ހޯދުން ކަމުގައި ވާއިރު، ދިވެހިރާއްޖޭގެ ޖުމްހުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމިއޮތުމާ ދެމެދު އޮންނަންޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތްއިރު، ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ގެ އުޞޫލުތަކެއް މިހާރު އެ ގެނެވުނު ދުސްތޫރީ އިޞްލާޙުގައި ބަޔާންކުރެވިފައިވާ ގޮތަށް- ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އިޚްތިޞާޞްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް، އެ މަޖިލިސް"ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިއުމުގެ އިޙުތިމާލު ވަރަށްވެސް ބޮޑުވެފައިވާ ކަމަށެވެ. އަދިވެސް އިތުރަށް އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ "އެބްނޯރމަލް" އިޖްރާއާތު ތަކެއްގެ ދަށުން ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމަކީ ތަހްޒީބު މުޖުތަމަޢެއްގައި ކަން ހިނގައިގެންވާނެ ގޮތްކަމުގައި ނުވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިޞްލާޙު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ބެސްޓް ޕްރެކްޓިސްއަށް ތަބާވުމަކާ ނުލައި، އެއްދުވަސް ތެރޭގައި އިޞްލާޙު ހުށަހަޅައި، އިޞްލާޙަށް ބަޙްޘުކޮށް، އިޞްލާޙު ފާސްކޮށްފައިވަނީ ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޟަރޫރަތެއް އޮވެގެން ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށާއި،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތަޢާރަފްކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މުހިއްމުކަން މިހާރުވަނީ ވަރަށްބޮޑަށް އިތުރުވެފައިކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ