
އިސްރާއިލްގެ ބޮޑުވަޒީރު ހައްޔަރުކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފި
އިސްރާއިލްގެ ބޮޑުވަޒީރު ހައްޔަރުކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފި
ލިޔުން:
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް އިން އަމުރެއް ނެރެފި އެވެ.
އިސްރާއިލުން ފަލަސްތިނުގައި ހިންގަމުންގެންދާ ގަތުލުއާއްމާއި ގުޅިގެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެގައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރ ގަލާންޓް ގެ އިތުރުން ހަމާސް ޖަމާއަތުގެ ލީޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ ވެސް ހައްޔަރުކުރަން އަމުރު ނެރެފައެވެ.
އިންޓަރނެޝަނަލް ކްރިމިނަލް ކޯޓަކީ އިންސާނިއްޔަތާއި ޚިލާފު ކުއްތަކާއި ހަނގުރަމައިގެ ކުއްތައް ހިންގާ ފަރާތްތަކަށް ބައިނަލް އަގްވާމީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި އުފައްދާފައިވާ ކޯޓެކެވެ. އެ ކޯޓުގެ މެމްބަރުގެ ގައުމުގެ ގޮތުގައި 124 ގައުމު ހިމެނޭއިރު އިސްރާއިލް އާއި އެމެރިކާ އަކީ އެ ކޯޓުގެ މެމްބަރު ގައުމުތަކެއް ނޫނެވެ.
އައިސީސީ އިން އެއަމުރު ނެރުމާ ގުޅިގެން އިޒްރޭލުން ވަނީ އެ އަމުރާއި އައިސީސީ ކުށްވެރިކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
