މާލެ: 31°C

އިއްޔެ ރައްޔިތުންނަށް އެ ދައްކައިދިނީ ރައީސް ޑރ.މުއިއްޒު ބޭނުންގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރާނެކަން: ފައްޔާޒް ވިދާޅުވެއްޖެ

November 21, 2024
2 ފަހަރު ބަލާފައި
އިއްޔެ ރައްޔިތުންނަށް އެ ދައްކައިދިނީ ރައީސް ޑރ.މުއިއްޒު ބޭނުންގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރާނެކަން: ފައްޔާޒް ވިދާޅުވެއްޖެ
އިއްޔެ ރައްޔިތުންނަށް އެ ދައްކައިދިނީ ރައީސް ޑރ.މުއިއްޒު ބޭނުންގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރާނެކަން: ފައްޔާޒް ވިދާޅުވެއްޖެ
އިއްޔެ ރައްޔިތުންނަށް އެ ދައްކައިދިނީ ރައީސް ޑރ.މުއިއްޒު ބޭނުންގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރާނެކަން ކަންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވެއްޖެއެވެ. ގާނޫނުއަސާސީއަށް އިއްގެ ގެނެވުނު އިސްލާހުތަކާ ގުލޭގޮތުން އެމްޑީޕީން ދެކޭ ގޮތް ހާމަކުރުމަށް މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްސަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އިއްޔެ އެ ފެނިގެންދިޔައީ ދިވެހިރާއްޖޭގައި މިއޮތް ޑިމޮކްރަސީގެ ވެރިކަމުގައި ސިއްކަ ޖެހިގެންދިޔަ މަންޒަރުކަމަށާއި، އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ތިމަންނާ ބޭނުންގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރާނެ ކަން އަދި ކުރެވޭނެ ކަން ދެއްކުން ކަމަށެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއަދު މި އޮތް ސަރުކާރު ހިމެނޭ ޕާޓީތަކަކީ އެކި އިރުގައި ދިވެހި ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ބޭނުންކުރައްވައިގެން ވެރިކަމާ ޚަވާލުވެވަޑައިގަތުމަށްފަހު އެ ހަމަތައް ދޫކޮށްލައި ޚުދުމުހުތާރު ވެރިކަމާ ދިމާއަށް ދަތުރުކުރާ ޕާޓީތަކެއް ނުވަތަ ފިކުރެއްކަމަށާއި، އެގޮތުން އިއްޔެ އެކުރެއްވި ކަމަކީ އެކި ގައުމުތަކުގައި ތިއްބެވި މެމްބަރުން ޖެޓްތައް ފޮނުވައިގެން ގެނެސް ގާނޫނު އަސާސީއަށް ބޮޑު 5 ބަދަލެއް 10 ވަރަކަށް ގަޑިއިރުގެ ތެރޭގައި ގެންނެވީ ރައްޔިތުންނާ އަދި ކަމުގެ ތަޖުރިބާ ކާރުންނާވެސް މަޝްވަރާކޮސްލުމެއްވެސް ނެތިކަމަށެވެ. ފައްޔާޒް އިތުރަށް ވިދަޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިފައިވަނީ މަޝްވަރާކުރުމުގެ ތެރެއިން ކަންކަން ކުރުމުގެ ތެރެއިން ކަމަށާއި ވެރިއަކަށް ހުންނަ މީހާ ބޭނުންހާކަމެއް ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއާއި ގާނޫނުތަކުގެ ހަމަތަކުގެ ތރެއިން ބަނދެވިގެން އެ ޤާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރޭގައި ރައްޔިތުންނަށް ވެރިކަން ކޮށްދިނުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް އިއްޔެ އެ ފެނިގެން އެދިޔައީ މުޅިން އެކަންކަމާ ދިމާ އިދިކޮޅަށް، ފޮރުވަންވެސް އުޅުމުގެ ބަދަލުގައި ފާޅުކަން ބޮޑު ގޮތެއްގައި ބުނެވިދިޔަ ކަންކަމާ ދިމާއިދިކޮޅަށް ހުދުމުހުތާރުކޮށް ކަންކަން ކުރައްވާ ތަންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް އެމްޑީޕީގެ ފަރާތުން ކުރާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ