މާލެ: 31°C

އިސްރާއިލްގެ ޕާސްޕޯޓް މަނާކުރަން ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލީ އެމްޑީޕީން ވަގުތު ބޭކާރުކުރަން ހުށަހެޅި ގަރާރަކަށްވާތީ: ޕީއެންސީ

November 21, 2024
2 ފަހަރު ބަލާފައި
އިސްރާއިލްގެ ޕާސްޕޯޓް މަނާކުރަން ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލީ އެމްޑީޕީން ވަގުތު ބޭކާރުކުރަން ހުށަހެޅި ގަރާރަކަށްވާތީ: ޕީއެންސީ
އިސްރާއިލްގެ ޕާސްޕޯޓް މަނާކުރަން ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލީ އެމްޑީޕީން ވަގުތު ބޭކާރުކުރަން ހުށަހެޅި ގަރާރަކަށްވާތީ: ޕީއެންސީ
އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އެމްޑީލީން ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ޕީއެންސީ އިން ނިންމީ އެ ގަރާރަކީ އެމްޑީޕީން ވަގުތު ބޭކާރުކުރަން ހުށަހެޅި ބިލަކަށް ވާތީ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބުނެފިއެވެ. އެކަން ހާމަކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިމަހު 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅާފައިވާ ގަރާރު ބަލައި ނުގަތުމަށް ނިންމީ  އެމްޑީޕީ އިން އެ ގަރާރު ހުށަހެޅުމުގެ އަސްލު މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރަން ހުރި ގިނަ މަސައްކަތުގެ ވަގުތު ބޭކާރުކޮށްލުން ކަމަށްވާތީ އާއި އަދި އެކަމަކީ އެމްޑީޕީގެ ހެޔޮ ނިޔަތެއް އޮވެގެން ކޮށްފައިވާ ކަމަކަށް ނުވާތީ ކަމަށެވެ.

އިތުރަށް އެއބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގައި އެންމެ ބޮޑު މަސައްކަތެއް ކުރައްވާ އެއް ލީޑަރަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޢިއްޒު ކަމަށާއި އެހެންކަމުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފާއާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް ތާވަލާ އެއްގޮތަށް ނިންމާލާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ