މާލެ: 31°C

ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ހައްގުގައި: ރައީސް ޑރ.މުއިއްޒު

November 21, 2024
2 ފަހަރު ބަލާފައި
ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ހައްގުގައި: ރައީސް ޑރ.މުއިއްޒު
ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ހައްގުގައި: ރައީސް ޑރ.މުއިއްޒު
އިއްޔެ ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކަކީ ރާއްޖޭގެ ހަމަޖެހުމަށްޓަކއި ރައްޔިތުންގެ ހައްގުގައި ގެނައި ބަދަލުތަކެއްކަމަށް ރައީސުލކްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިއްޔެ އިރުއޮއްސުނު ވަގުތު ރައްިތުންގެ މަޖިލީހުން ފާސްކުރެވުނު އެ ބިލު ރައީސް ޑރ.މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު ވިދާޅުވީ އެ އިސްލާހު ތަކަކީ ރާއްޖޭގެ ހަމަޖެހުމަށްޓަކއި ރައްޔިތުންގެ ހައްގުގައި ޤާނޫނުއަސާސީއަށް ގެނައި މުޙިއްމު ބަދަލުތަކެއް ކަމަށާއި، އަދި އެ ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ގައުމީ ޖޯޝާއެކު ގައުމަށްޓަކައި ނިންމި ނިންމުންތަކެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީއަށް އިސްލާހުގެ ގެނައުމުގެ ބިލެއް ސަރުކާރުން ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ. އިއްޖެ ހެނދުނުގެ ޖަލްސާއަށް ހުށަހެޅުނު ބިލު ބަލައިގެން މުޅި މަޖިލީހުގެ ކޮމީއަށް ފޮނުވައި ކޮމެޓީ ބައްދަލުވުން މެންދުރުފަހު ބޭއްވުމަށްފަހު ކޮމެޓީން ނިންމި ގޮތަށް އިއްޔެ ހަވީރު އެ ބިލުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮސްފައެވެ. އެ ބިލު ފާސްކުރުމަށްޓަކައި މަޖިލީހުގައި ނެގުނު ޕޮޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 78 މެމްބަރުން ވޯޓު ދެއްވާފައިވަނީ އެ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް ވޯޓް ދެއްވާފައިވަނީ 13 މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ