
ޒުވާބެއްގެ ތެރެއިން މޫނަށް ވެލިޖެހުމުން 8000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ޒުވާބެއްގެ ތެރެއިން މޫނަށް ވެލިޖެހުމުން 8000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ލިޔުން:
ޒުވާބެއްގެ ތެރެއިން މީހެއްގެ މޫނަށް ވެލިމުށެއް ޖެހި މީހަކު ކުރިމިނަލް ކޯޓުން 8000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމެއްގައި ވަނީ ދެމީހެއްގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ބިންމަތިން ވެލި މުށެއް ނަގައި މީހެއްގެ މޫނަށް ޖެހި މީހެއްގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅައިގެން ކުރިއަށްގެންދެވުމުގެ ތެރޭގައި ދައުވާ ލިބެ ފަރާތުން ކުށަށް އިއުތިރާފް ވެފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދުއުމަށްޓަކައި ކުރިމިނަލް ކޯޓަށް އެ މައްސަލަ ބަދަލުކޮށްްފައިވާކަމަށާއި އެ ކޯޓުން އެމައްސަލަ ބަލާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފް ވެފައިވާތީ އަދަބާ ބެހޭގޮތުން ދައުވާ ލިބޭ ފަރާތާ ދައުލަތާ ދެމެދު ވާހަކަދެއކުމުގެ ފުރުސަތު ދެއްވާފައިވާކަމަށާއި، އެގޮތުން ގާނޫނު އުގޫބާތުގެ 1106 ގެ (ށ) އަށް ރިޔާއަތްކޮށް ދައުވާލިބޭ ފަރާތަށް އެމައްސަލާގައި ކަނޑައެޅިފައިވާ 27 ދުވަހުގެ ޖަލުހުކުމުގެ އަދަބު ގެ ތެރެއިން މައްސަލާގެ ތަހުގީގުގެ ތެރޭގައި ދައުވާ ލިބޭ ފަރާތް ބަންދުކޮށްފައިވާ މުއްދަތު އުނިކުރުމުން ހުކުމުގެ މުއްތަތަކީ 12 ދުވަހުގެ ޖަލު ބަންދަކަށްވާތީ އެ އަދަބު 8000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްް 20 ނޮވެމްބަރު 2024 އިން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
