20 ވަނަ މަޖިލީހަށް ހޮވުނުފަހުން ޕާޓީއަކާ ގުޅުނު މިނިވަން މެމްބަރުންގެ ގޮނޑި ގެއްލޭނެތަ؟

20 ވަނަ މަޖިލީހަށް ހޮވުނުފަހުން ޕާޓީއަކާ ގުޅުނު މިނިވަން މެމްބަރުންގެ ގޮނޑި ގެއްލޭނެތަ؟
ލިޔުން:
ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް މިއަދު ގެނެވުނު އިސްލާހާ ގުޅިގެން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހޮވިފައިވާ މެންބަރުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް ހޮވުނު މެންބަރުންގެ ތެރެއިން ޕާޓީ އަކާއި ގުޅުނު ނުވަތަ ހޮވުނު ހައިސިއްޔަތު ބަދަލުކުރި މެންބަރުންގެ ގޮނޑި ގެއްލިދާނެތޯ ގަނޫނީ މާހިރުން ދަނީ ސުވާލު އުފައްދަމުންނެވެ.
ގާނޫނު އަސަސީގެ 73 މާއްދާގެ (ރ) ގެ ދަށަށް (ބ) އިތުރުކޮށް މިއަދު ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވަނީ
73. (ބ) ރައްޔިތުންގެ މަޖިލީހަށް ”ހޮވިފައިވާ“ މެމްބަރަކަށް އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެއެވެ.
(1) ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެމްބަރަކު ތަމްސީލުކުރަ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށްވުން.
(2) ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެމްބަރަކު ތަމްސީލުކުރަ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށްވުން.
(3) އަމިއްލަގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުން.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް އިތުރުކުރެވުނު އަކުރުގެ ދަށުން ގެނެސްފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ”ހޮވުމަށްފަހު“ ނުވަތަ އިންތިހާބު ވުމަށްފަހު ހިނގަމުންދާ ދައުރުގެ ތެރޭގައި ކަމެއް ހިނގުމުން އަމަލުކުރާނެ ގޮތުގެ ވާހަކަ ކަމަށްވާތީ ޤާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނަމުންދަނީ 20 ވަނަ މަޖިލީހަށް ހޮވުމަށްފަހު ޕާޓިތަކާ ގުޅުނު މެމްބަރުންގެ މެމްބަރުކަން ގެއްލޭނެ ކަމަށާއި އެކަން އެގޮތަށް ނުވާނަމަ 20 ވަނަ މަޖިލީހަށް ހޮވުނު މެމްބަރުންގެ މައްޗަށް ގާނޫނު އަސާސީއަށް މިއަދު އިތުރު ކުރެވުނު އިސްލާހު އެޕްލައި ނުވާނެކަމަށެވެ.
އެގޮތުން ބައެއް ގާނޫނި ފަރާތްތަކުން ބުނަނީ އެ އިސްލާހު 20 ވަނަ މަޖިލީހަށް އެޕްލައިވާނަމަ ހޮވުމަށްފަހު ޕާޓީ ބަދަލުކުރި މެމްބަރުންނަށްވެސް އެ މާއްދާ އެޕްލައި ވާނެ ކަމަށާއި މިހާރު ގެނެސްފައިވާ އިސްލާހުން ބޮޑަށް ގަބޫލުކުރެވޭ ގޮތަކީ އެ ގޮތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
