
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގޮވާލައި ބާކައުންސިލްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގޮވާލައި ބާކައުންސިލްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް
ލިޔުން:
ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގޮވާލައި ބާކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގޮވާލައި ބާކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވިކަން ހާމަކޮށް ބާކއުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް 19 ނޮވެމްބަރ 2024 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެބިލާގުޅިގެން ބާކައުންސިލްގެ އާއްމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކިފަރާތްތަކުގެ ކަންބޮޑުވުންތްއް ހުރުމުން އެ ބިލާ ގުޅިގެން ބާކައުންސިލްގެ އާންމު މެމްބަރުންގެ ހިޔާލާ މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމުގައި ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް ފެންނާތީ، އެ ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތެއް ދެއްވުމަށްއެި ރައްޔިތުންގެ މަޖިލީހަށް ބާކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ހުށަހަޅާފައި ކަމަށެވެ.
އަދި އިތުރަށް ބާކައުންސިލކްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ޙިޔާލު ހޯދުމާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކެއްކަމުގައި ވުމަކީ ކޮންމެހެން މުހިއްމުކަމެއްކަމުގައި ދެކޭހިނދު، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތައް އެ ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް އެކައުންސިލުން ގޮވާލާ ކަމަށެވެ.
ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް އެގޮތަށް ގޮވާލާފައިވީނަމަވެސް މިއަދު މަޖިލީހަށް އެބިލު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަކަށް އެ ބިލު ފޮނުވުމަށްފަހު މިހާރު އެބިލުވަނީ ކޮމެޓީން ފާސްކޯސްފައެވެ. އަދި އެބިލުގެ ބަހުސްކޮށް އިބިލަށް ވޮޓަށް އެހުމަށްޓަކައި މިއަދުގެ ހަވީރު 5:30 ގައި ޖަލްސާއެއް ބޭއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
