
މެމްބަރު މީކާއިޅް އަށް މަޖިލިސް ރައީސް: މެމްބަރުންނަކީ ބޮޓުންނެއް ނޫން
މެމްބަރު މީކާއިޅް އަށް މަޖިލިސް ރައީސް: މެމްބަރުންނަކީ ބޮޓުންނެއް ނޫން
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާގޮތަށް ވާހަަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފި އެވެ.
މަޖިލިސް ރައީސް އެ ގޮތަށް އެދިވަޑައިގެންނެވީ އިސްރާއިލް ޕާސްޕޯޓް މައްސަލަ އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ގަޅޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ މީކާއީލް އަހްމަދު ނަސީމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ބަހުސްގެ ވަގުތުގައި މެމްބަރު މީކާއިލް ވިދާޅުވީ މަޖިލީހުގެ އެޖެންޑާއަކީ ރައީސް އޮފީހުން ފޮނުވާ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށާއި އަދި މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރާކުރުންވެސް ހުއްޓާލަންޖެހޭ ކަމަށެވެ.
މެމްބަރު މީކާއީލްގެ އެ ވާހަކަރތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބޭ ގޮތައް މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ނުދެއްކުމަށް މެމްބަރު މީކާއިލްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
