މާލެ: 31°C

އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ރައްޔިތުން ނުޖެހޭތި: ގާސިމް އިބްރާހިމް

November 20, 2024
2 ފަހަރު ބަލާފައި
އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ރައްޔިތުން ނުޖެހޭތި: ގާސިމް އިބްރާހިމް
އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ރައްޔިތުން ނުޖެހޭތި: ގާސިމް އިބްރާހިމް
އެއްވެސް ބާވަތެއްގެ ސްކޭމެއްގައި ދިވެހިރައްޔިތުން ނުޖެހުމަށް ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެގޮތަށް ގޮވާލެއްވީ އާޓިފިޝަން އިންޓެލިޖެންސް ބޭނުންކޮސްގެން މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން، އޮފްޝޯ ޓްރޭޑް ކުރުމާއި އިންވެސްޓްކޮށްގެން މާލީ ނަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެމަނިކުފާނުގެ އެހޯީތެރިކަމާއެކު ބޭންކްއޮފް މޯލްޑިވެސް މެދުވެރިކޮށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯ ތަކަށް އިޝާރާތްކުރައްވައިއެވެ. ގާސިމް އިބްރާހިމް އެކަން ހާމަކުރައްވައި އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ އެމަނިކުފާނުގެ ނަމުގައި ބަޔަކު ހިންގަމުންގެންދާ ސްކޭމެއްކަމަށާއި އެހެންކަމުން އެއްވެސް ފަރާތަކުން މީސް މީޑިއާގެ އެއްވެސް ޕްލެޓް ފޯމެއްގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ނުކުކުރުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށާއި، އެގޮތަށް އެފަދަ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރުމުން ބައެއް ފަރާތްތަކަށް އެކަމަކީ އަސްލެއްކަމަށް ހީކޮށް އެމަނުކުފާނަށްވެސް އެފަދަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އެތަކެތީގެ ހަގީގަތްބަލަން އެމަނިކުފާނަށްވެސް ފޮނުވަމުންދާކަމަށެވެ. އިތުރަށް އެމަނިކުފާނުގެ ފޯސްޓްގައި ވިދާޅުވެފައިވަނީ އެމަނިކުފާނޫ އެއްމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި، މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުގެ ހަގީގަތް ހާމަކުރުމުގެ ނިޔަތުގައި އެކަން ބާޔާންދެއްވާ ކަމަށާއި އަދި އެއްމެހާ ރައްޔިތުން އެފަދަ ސްކޭމް ތަކުގައި ނުޖެހި ސަމާލުވުމަށް ދަންނަވާކަމަށެވެ.
ސަމާލުކަމަށްޓައި ދަންނަވަމެވެ. ! ސޯޝަލް މީޑިއާގެ އެކިމަންސަތަކުގައި، ޚާއްޞަ ކޮށް ޓިކްޓޮކް، އިންސްޓަރގްރާމް އަދި ފޭސްބުކްގައި އަޅުގަނޑުގެ ފޮޓޯއާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުޢާމަލާތްތަކުގެ ދިވެހީންނަށް އަޅުގަނޑު ފުރުޞަތު ހޯދައިދޭކަމަށް ދައްކުވައިދީ، އަދި ރާއްޖޭގެ ޤައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭމަށް ބަޔާން ކޮށް، އަޅުގަނޑުގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީ ކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެކެވެ. އެހެން ކަމުން މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެއްވެސް ބޭފުޅަކު މިދެންނެވިފަދައިން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަޤީޤަތެއް ނެތް ވީޑިއޯ ކްލިޕް ފަދަ ތަކެތި ސޯޝަލް މީޑިއާ ގެ އެކި މަންސަތަކާއި، އެކި ވައިބަރ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި، ޝެއަރކޮށް ހެދުމުން ދުރުވެވަޑައިގަތުމަކީވެސް އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަ ބައެއް ވީޑިއޯ ތަކަކީ ހަޤީޤަތެއް ކަމަށް ހީކޮށް ބައެއްފަރާތްތަކުން އެއީ ތެދު ތޯ ބަލާލަން އަޅުގަނޑަށް ވެސް ބައެއް ފަހަރު އެފަދަ ކްލިޕްތައް ފޮނުވަމުންދާތީ ލޮބުވެތި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި، ކަމުގެ ހަޤީޤަތް ހާމަކުރުމުގެ ބޭނުމުގައި މި މަޢުލޫމާތު ހިއްސާކޮށްލީމެވެ.
   

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ