
އެމެރިކާގެ އެލަސްކާއަށް އިރު އޮއްސިއްޖެ، ދެން އިރުއަރާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި
އެމެރިކާގެ އެލަސްކާއަށް އިރު އޮއްސިއްޖެ، ދެން އިރުއަރާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި
ލިޔުން:
އިއްޔެ 30 މިނެޓަށް އިރުއެރުމަށްފަހު އެލަސްކާގެ އުޓްކިއާވިކް ރައްޔިތުންނަށް ދެން އިރު ފެންނާނީ އަނަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއއެވެ.
އެމެރިކާގެ އެލަސްކާގެ އުޓްކިއާވިކް އަށް އެމެރިކާ ގަޑިން އިއްޔެ މެންދުރު 1:27 ގައި އިރު އޮއްސިފައި ވާއިރު އަންނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހާ ހަމައަށް ދެން އެ ސަރަޙައްދަށް އިރު ނާރާނެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާގޮތުގައި އިރު ނޜިނަމަވެސް އެ 64 ދުވަހު އުޑުމަތިން މާބޮޑު އަނދިރިކަމެއް ނުފެންނާނެއެވެ. އަދި މި ދުވަސްތަކުގައި އެސަރަހައްދުގެ ރައްޔިތުން ތަޖުރިބާކުރާނީ ޓްވައިލައިޓް ގެ އަލިކަމެވެ.
ތަޖުރިބާ ކާރުން ބުނެފައިވަނީ މިއީ ކޮންމެ އަހަރަކުވެސް، ބިމުގެ ޓިލްޓް، އުތުރު ހެމިސްފިއާ އިރާއި ދުރަށް ދަތުރުކުރުމުން ނޯތު ޕޯލްގެ 23.5 ޑިގްރީގެ ތެރޭގައި ހިމެނޭ ސަރަޙައްދުތައް އިރުގެ ނަޒަރުން ބޭރުވެ އަންނަ "ޕޯލާ ނައިޓް" ގެ ސަބަބުން މެދުވެރިވާކަމެކެވެ. ޕޯލަރ ނައިޓްގައި، އިރުގެ އަލިކަން އެހާ ބޮޑަށް ފަނޑުވެގެން ނުދިޔަނަމަވެސް ހަގީގީ ދުވާލުގެ އަލިަކން ލިބުމަށް ހުރަސް އެޅިގެން ދެއެވެ.
ޕޯލާރ ނައިޓް ގެ މުއްދަތުގެ ދިގުމިން ގުޅިފައިވަނީ އެ ސަރަހައްދެއް ނޯތު ޕޯލްއާ އޮންނަ ދުރުމިނުގެ މައްޗަށެވެ. އެމެރިކާގެ އެންމެ އުތުރުގެ އަވަށެއް ކަމަށްވާ ޕޯލާ ނައިޓް އުޓްކިއާވިކް 65 ދުވަހަށް އިރު ނާރާ އިރު ނޯތު ޕޯލް އަށް 179 ދުވަސް ވަންދެން އިރު ނުފެންނާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
