ގާނޫނު އަސާސީއަށް ކުއްލި އިސްލާހުތަކެއް

ގާނޫނު އަސާސީއަށް ކުއްލި އިސްލާހުތަކެއް
ލިޔުން:
ގާނޫނުއަސާސީއަށް ކުއްލި އިސްލާހުތަކެއް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ހުށަހަޅޫއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން އެބިލަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޚައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަޚައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސްކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިޅިހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެ ބައިގެ އަޣްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމުގައި ކަނޑައެޅުމާއި، ދިވެހި ރާއްޖޭގެ ސަރަޚައްދު އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފަސްކޮށްގެން ކަމުގައި ކަނޑައެޅުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެމްބަރުކަމަށް ހޮވުނު ހައިސިއްޔަތު ބަދަލުވުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއްކަމުގައި ކަނޑައެޅުމަށްޓަކއި ހުށަހަޅާފައިވާ ބިލެކެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ނުވަތަ އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރަކު މެމްބަރުކަމަށް ހޮވުނު ހައިސިއްޔަތު ނުވަތަ ޕާޓީ ބަދަލު ކޮސްފިނަމަ އެ މެންބަރަކު މެމްބަރުކަމުން ވަކިވާނެއެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެ މެމްބަރަކު މެމްބަރުކަމަށް ހޮވުނު ޕާޓީން ވަކިކޮށްފިނަމަވެސް އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެއެވެ. އަދި އޭގެ އިތުން އެ މެމްބަރަކު ރައްޔޮތުންގެ މަޖިލީހަށް ހޮވުނު ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރުކަމަށް ބަދަލުވެއްޖެ ނަމަވެސް އެ މެމްބަރެއްގެ މެމްބަރުކަން ގެއްލޭނެއެވެ.
ދެވަނަ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހި ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މި ބުނެވިދިޔަ ބޭސްލައިން ތަކުންފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެކަނޑުއަޑީގައިވާ ބިމާއި، އެކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ މަދުވެގެން 3 ބައިކުޅަ 2 ބައިގެ އަޣްލަބިއްޔަުން ފާސްވާ ޤާނޫނަކުންނެވެ.
އޭގެ އިތުރަށް ގާނޫނުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، ދިވެހިރާއްޖޭގެ އާކިޕެލަޖިކަލް ކަނޑާއި، ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެކަނޑާ ގުޅިގފައިވާ ކަނޑާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސްކަމެއް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ މަދުވެގެން 3 ބައިކުޅަ 2 ބައިގެ އަޣްލަބިއްޔަތުން ކަމުގައެވެ.
މީގެ އިތުރުން ބިލުގައި ގެނައުމަށް ހުށަހަޅާފައި އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުނެގެ އަޣްލަބިއްޔަތުން ފާސްވެގެން މެނުވީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުން ކުރުން ހުއްދަ ދީގެން ނުވާނެ ކަމަށާއި، އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި ރައްޔިތުންގެ މަޖިޅިހުގެ ޖުމްލަ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ޚަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
