
ރައީސް ޑރ.މުއިއްޒު ސަރުކާރު ހިންގާފައިވަނީ އަމާނާތްތެރިކަމާއި ޒިމްމާދާރުކަމާއެކު ހާމަކަންބޮޑުކޮށް: ޕީއެންސީ
ރައީސް ޑރ.މުއިއްޒު ސަރުކާރު ހިންގާފައިވަނީ އަމާނާތްތެރިކަމާއި ޒިމްމާދާރުކަމާއެކު ހާމަކަންބޮޑުކޮށް: ޕީއެންސީ
ލިޔުން:
ފާއިތުވި އެއް އަހަރު ރައީސް ޑރ.މުޙައްމަދު މުއިއްޒު ސަރުކާރު ހިންގާފައިވަނީ އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު ހާމަކަންބޮޑުކޮށް ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބުނެފިއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ނެރެފައިބާ ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު ސަރުކާރުން އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިން އަހަރުން އަހަރަށް 15 އިންސައްތައިން އިތުރުވަމުންއައި ދައުލަތު ޚަރަދު 2.5 އިންސައްތައަށް ކުޑަކުރެވިފައިވާކަމަށާއި، ކުރީ ސަރުކާރުން މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫޢުތައް ރެކޯޑްނުކޮށް މިއަހަރުގެ ރެކޯޑްތަކުގެ ތެރެއަށް ވައްދަން ޖެހުމުގެ ސަބަބުން ހަފްތާއަކު އެއް ފަހަރު ނެރެމުން އައި ދައުލަތުގެ ޙަރަދުބަރަދާއި އާމްދަނީގެ ތަފްސީލް ނެރުން މަޑުޖެހުމަކަށް އައުމަށްފަހު ނޮވެންބަރު 7 އިން ފެށިގެން މިހާރު އެ ތަފްސީލު ހާމަކުރަމުންގެންދާކަމަށެވެ.
އަދި މައުލޫމާތ ހޯދައި ލިބިގަތުމުގެ ގާނޫނުގެ ތެރެއިން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުރިހާ އާރޓީއައި ތަކަށް މި ސަރުކާރުން ޖަބާބުދެމުންގެންދާ ކަމަށާއި، އަދި މީގެ ކުރިން ކޯޓުތަކުން އެންގުމުންވެސް ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ހިފަހައްޓާފައި އޮތް އިތުން ރައީސް ޑރ.މުއިއްޒު މިހާރު ނިމުމަކަށް ގެންނަވާފައިވާކަމަށާއި، އަދި ވަކިވަކި ވުޒާރާތަކުން އެ ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައިވާކަމަށާއި، އަދި މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ތެރެއިން 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާކަމަށެވެ.
އަދިވެސް އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފެންނާނޭހެން ހާމަކުރުމަށްޓަކައި ވެބްސައިޓެއް ހަދައި އެ މައުލޫމާތުވެސް 2024 އިން ފެށިގެން ހާމަކުރަމުން ގެންދާކަމަށެވެ.
އެހެންކަމުން ފެނަންހުރި އެފަދަ ހަގީގަތްތައް އޮޅުވާލައި ޒިންމާދާރު ސިޔާސީ ޕާޓީއެއްކަމަށްވާ އެމްޑީޕީ ފަތުރަމުންގެންދާ މައުލޫމާތު އެގޮތަށް ފަތުރަމުންދިއުން ވަގުތުން ހުއްޓާލަންވެސް އެ ބާޔާނުގައި ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
