
މައްސަލަ ގޯސްވެފައިވާ މީޑިއާ ބިލް އަނބުރާ ނަގަން ނިންމައިފި
މައްސަލަ ގޯސްވެފައިވާ މީޑިއާ ބިލް އަނބުރާ ނަގަން ނިންމައިފި
ލިޔުން:
މީޑިއާ އެންޑް ބްރޯޑްކާސްޓީން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ ބޮޑުވެފައިވަނިކޮށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އެ ބިލް އަނބުރާ ގަން ނިންމަވައިފިއެވެ.
މިމަހު 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ވަނީ އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު މީލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި 7 މެންބަރުންގެ ކޮމިޝަނެއް އުފެއްދުމަށެވެ. އެ ބިލުގައިވާގޮތުން އެކޮމިޝަނުގެ 7 މެމްބަރުންގެ ތެރެއިން 4 މެމްބަރުން އަންޔަނުކުރައްވަން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނުގެ ރައީސާއި ނައިބްރައީސްވެސް ކަނޑައެޅުއްވުމުގެ ބާރު އެ ބިލުގައި ދއްވާފައިވަނީ ރައީސުލްޖުމްހޫެރިއްޔާއަށެވެ. ކޮމިޝަނުގެ 7 މެމްބަރުންގެ ތެރެއި ް ބާކީ ތިބި 3 މެމްބަރުން އައްޔަނުކުރަން ކަނޑައަޅާފައިވަނީ މީޑިއާތަކުންނެވެ.
އޭގެ އިތުރުން އެބިލުގައި ބޮޑެތި އަދަދުތަކުން މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރުވެސް އެބިލު ގާނޫނަކަށް ވުމުން އުފެދޭ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދީފައިވެއެވެ. ބިލު މަޖިލީހަށް ހުށަހެޅުމާއެކު މީޑިއާތަކާއި ސަރުކާރުންވެސް އެ ބިލުގައި ހުރި ބައެއް ކަންކަމާމެދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެބިލަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
