މިިދިޔަ ހޮނިިހިރު ދުވަހު ވަނީ ގިނަ ހިދުމަތްތަކެއް އަލަށް ގާއިމްކޮށް ޓާޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފަ އެވެ.

ޙުޅުމާލެ ޙޮސްޕިޓަލްގެ އިމަޖެމްސީ ރޫމް ބޮޑުކުރަން ހަވާލުކޮށްފި
ޙުޅުމާލެ ޙޮސްޕިޓަލްގެ އިމަޖެމްސީ ރޫމް ބޮޑުކުރަން ހަވާލުކޮށްފި
ލިޔުން:
ހުޅުމާލެ ހޮސްޕިޓަލުގެ އިމެޖެންސީ ބޮޑުކުރަން އާރުޑީސީއާ ހަވާލުކޮށްފި އެވެ.
ޢިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން އެކުންފުނީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ސޮއިކުރެއްވި އިރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ އެއްބަސްވުމުގެ ދަށުން އިމެޖެންސީ ރޫމް ބޮޑުކުރާނީ އިތުރު 14 އެނދު ހިމެނޭ ގޮތަށް ކަމަށެވެ.
އަދި އެއާއެކު އެޑްވާންސް ޑައިގްނޯސްޓިކް ވަސީލަތްތައް ވެސް އިތުރުކޮށް އަދި ގިނަ ކަންކަމަށް އެޓެންޑްވެވޭގޮތަށް އިމެޖެންސީ ރެސްޕޮންސް (އީއާރު) ތަރައްގީކުރެވިގެންދާނެ ކަަމަށް ވެސް ބުނެފައިވެ އެވެ.
އެ މަސައްކަތް ހަވާލުކުރި އަގެއް ހާމަކޮށްފައި ނުވާ އިރު ނިންމަން ދިން މުއްދަތުވެސް ސާފެއް ނުވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
