ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ 2025 ވަނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައުސިންގ މަޝްރޫއުތައްވެސް ހިންގާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި، އެގޮތުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ހިންގަމުން އަންނަ 4000 ފުލެޓްގެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްފައިވަނީ އެ މަޝްރޫއު ނިންމާލެވޭ ގޮތަށް ނޫން ކަމަށާއި އެގޮތުން އެ މަޝްރޫއު ނިންމަން އިތުރު 30 މިލިއަން ރުފިޔާ އެޕްޑީސީ އަށް ބޭނުންވާ ކަމަށާއި ނަމަވެސް އެ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި ނުފެންނަ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ އެތަންތަނަށް ވައްދާނެ މީހުން މިއަދުވެސް ސަރުކާރުން ކަނޑައެޅިދާނެ ކަމަށާއި ނަމަވެސް އިމާރާތްތަކުގައި ފެނާއި ކަރަންޓް ލުމަށް ފައިސާއެއް ނެތް ކަމަށާއި އިމާރާތުގެ ސިކިއުރިޓީ ހިމަނާފައި ނެތް ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 85 އިންސައްތަ އާއި ދިވެހި ސަރުކާރުގެ 15 އިންސައްތަ ފައިނޭސް ހަމަޖައްސައިގެން ރާވާފައިވާ މަޝްރޫއުއެއް ކަމަށާއި ހައުސިންގ ކަންކަން ވެސް އޮތީ ކުރީ ސަރުކާރުން ހިންގި އެހެން ކަންކަންވެސް ކޮށްފައިވާގޮތަށް ފުރިހަމައަށް ދެކޮޅު ނުޖެހޭ ގޮތައް ކަމަށެވެ.4000 ފުލެޓް ނިންމަން އިތުރު 30 މިލިއަން ރުފިޔާ ބޭނުންވޭ، އެފައިސާ ލިބޭނެގޮތެއް އަދި ނެތް: މަޖިލީހުގެ ނައިބްރައީސް ނާޒިމް

4000 ފުލެޓް ނިންމަން އިތުރު 30 މިލިއަން ރުފިޔާ ބޭނުންވޭ، އެފައިސާ ލިބޭނެގޮތެއް އަދި ނެތް: މަޖިލީހުގެ ނައިބްރައީސް ނާޒިމް
ލިޔުން:
ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި ހިންގާފައިވާ 4000 ފުކެޓްގެ މަޝްރޫއު ނިންމަން އިތުރު 30 މިލިއަން ރުފިޔާ އަދި ބޭނުންވާކަމަށާއި ނަމަވެސް އަދި އެ ފައިސާ ލިބޭނެ ގޮތަ ްހަމަޖެހިފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
