
ފްލެޓް ލިސްޓް އާންމުކުރުން ލަސްވަނީ ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް: ރައީސް
ފްލެޓް ލިސްޓް އާންމުކުރުން ލަސްވަނީ ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް: ރައީސް
ލިޔުން:
ކުރީ ސަރުކާރުން ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓް ދޫކުރުމަށް އެކުލަވާލި ދާއިމީ ލިސްޓްގެ ފޯމްތަކުގެ ލިޔެކިޔުންތަކުގައި މައްސަލައެއް ނެތްނަމަ، އެ ތަންތަން ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ބައެއް ފަރާތްތަކުން ހުށަހެޅި ފޯމްތަކުގައި އޮޅުވާލައިގެން ފޮނުވާފައިވާ ލިޔެކިޔުންތައް ހުރުމުން، އެ މައްސަލަ އޭސީސީއަށް ހުށަހެޅުނެވެ. އޭސީސީގެ އަމުރަށް ހައުސިން މިނިސްޓްރީން އެ ލިސްޓް ރިވިއު ކުރި ނަމަވެސް، އެ ލިސްޓަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގެޒެޓުކޮށްފައި އޮތް އެއްވެސް ލިސްޓެއް، އެއީ ގޯތިވިޔަސް ފްލެޓު ވިޔަސް އަތުލުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އަދަދުތަކާ އެއްކޮށް އަޅުގަނޑުމެން ލިސްޓު ނެރޭއިރުގައި ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު، އަޅުގަނޑުމެން ހޮވުނު ގޮތް ވިޔަސް ނުހޮވުނު ގޮތް ވިޔަސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ފްލެޓު ލިބޭގޮތަށް ޕޮއިންޓު އޮޅުވައިލާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެހެންނަަމަވެސް އެމްޑީޕީގެ ގެދޮރުވެރިޔާ ކޮމިޓީން އެކަން ތަކުރާރުކޮށް ވަނީ ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
