
ސިޔާސީ ވަޒީފާތައް ދެއްވާފައި ތިބި ބޭފުޅުންކޮޅު ހައްލާލެވުނަސް، މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ: ވެލިދޫ ދާއިރާގެ މެމްބަރ އައްބާސް
ސިޔާސީ ވަޒީފާތައް ދެއްވާފައި ތިބި ބޭފުޅުންކޮޅު ހައްލާލެވުނަސް، މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ: ވެލިދޫ ދާއިރާގެ މެމްބަރ އައްބާސް
ލިޔުން:
ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ދެއްވާފައި ތިބި ބޭފުޅުންކޮޅު ހައްލާ ލެވުނަސް، މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި މެމްބަރު އައްބާސް ވިދާޅުވެފައިވނީ އޭނާ އަކީ ސަރުކާރާ ދެކޮޅު މީހެއް ނޫން ކަމަށާއި އަދި ސަރުކާރުން ކިޔާހާ ލަވަޔަކަށް އަތްޖަހާ، ބެރުޖަހާ، ނަށާނެ މީހެއްވެސް ނޫން ކަމަށާއި، ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ބޭފުޅުންކޮޅު ހައްލާ ލެވުނަސް މަސްދަޅު ކޭސް އަކަށް ރައްޔިތުން ހައްލާ ނުލެވޭނެ ކަމަށެވެ. އެގޮތުން ފުލުފުލުން ސަރުކާރުން އެެތަކެެއް ޖަލްސާތަކެއް ބާއްވަވާފިކަމަށާއި ބަހާއި، އަމަލު ދިމާ ނުވާ ކިތަންމެ ވަޢުދެއް ވެވަޑައިގަންނަވައިފި ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ ވައުދުތަކުން ޤައުމައް ރައްޔިތަކަށްވީ ރަގަޅެއް ފެންނާން ނެތް ކަމަށާއި، ކެފޭ ތަކާއި ރެސްޓޯރެންޓް ތަކާއި އެހެނިހެން ތަންތަނުން ދިމާވި ރައްޔިތުންގެ ތެރެއިން ސަރުކާރު ރަނގަޅޭ ބުނި ހަމަ އެއްވެސް ރައްޔިތަކާ ދިމާ ނުވި ކަމަށެވެ. އެގޮތުން އެ ބޭފުޅާގެ ދާއިރާގެ ރައްޔިތުން އެދެނީ ތަރައްޤީ ކަމަށއި އެކަމައްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ގާނޫނީ އިމުގެތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ބަހާ އަމަލުން ދައްކަމުން ދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އައްބާސް ވަނީ ދާއިރާގެ ރައްޔިތުން އެދޭ ތަރައްޤީ ނާންނަ ނަމަ ސަރުކާރު ދިފާއު ކުރުމަށް އަބަދު ސަނާ ކިޔާނެ މީހަކަށް އޭނާ ނުވާނެ ކަމަށާއި ވަފާތެރިވާނީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
