ރާއްޖޭގައި ދުވަހަކުވެސް މަޢުލޫމާތު ހާމަނުކުރާވަރަށް ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުން: ރައީސް ޑރ.މުޢިއްޒު

ރާއްޖޭގައި ދުވަހަކުވެސް މަޢުލޫމާތު ހާމަނުކުރާވަރަށް ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުން: ރައީސް ޑރ.މުޢިއްޒު
ލިޔުން:
ރާއްޖޭގައި ދުވަހަކުވެސް މަޢުލޫމާތު ހާމަނުކުރާވަރަށް މި ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52" ނަމުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދެފުށްފެންނަ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ކުރިއަށްގެންދިއުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން ރައްޔިތުން ހުށަހަޅާފައިވާ އާރް.ޓީ.އައި. ތަކުގެތެރެއިން ގާތްގަނޑަކަށް 91 އިންސަތަ އާރް.ޓީ.އައި. އަށް ޖަވާބުދާރީވެވަޑައިގެންފައިވާކަމަށެވެ. އަދި މުއްދަތު ހަމަނުވާ އާރޓީއައި ތަށް ހިމެނުމުން 100 އިންސައްްތަ އަރާނެކަމަށވެސް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހުރިހާކަމެއްވެސް ސާފުކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
އަދި ސަރުކާރުގެ ވެބަސައިޓުގެ ނަމުގައި ވެބަސައިޓެއް ޤާއިމުކުރައްވާފައި ވާނެކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކަށް ޚާއްޞަ ވެބްސައިޓެއް ހައްދަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް 791 ފަހަރު ވުޒާރާތަކުންނާއި ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތުދީފައިވާކަމަށާއި 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ޕޯޓަލުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
