
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅުކޭހެއް ދޭނަން: ރައީސް ޑރ.މުއިއްޒު
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅުކޭހެއް ދޭނަން: ރައީސް ޑރ.މުއިއްޒު
ލިޔުން:
ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށާއި، އެގޮތުން ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ދަޅު ކޭހެއް ދިނުމަށް އެސްޓީއޯ އަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިސްކައުންޓްވެސް ދީފައިވާ ކަމަށާއި އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިދިޔަ ރޯދަ މަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާނެކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
