މީޑީއާ ކޮމިޝަން ބިލާ ރައީސް ޑރ.މުއިޒު ދެކޮޅުކަން ހާމަކުރައްވައިފި

މީޑީއާ ކޮމިޝަން ބިލާ ރައީސް ޑރ.މުއިޒު ދެކޮޅުކަން ހާމަކުރައްވައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލާ ދެކޮޅުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެ ބިލަކީ އެމަނިިކުފާނު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރަން ބޭނުންފުޅު ނުވާކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިއާތައް ބާރުވެރިކުރުވަން ކަމަށާއި އެގޮތުން މީޑިއާތަކަށް ފައިސާ ދޭން ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި އެސްޓީއޯއިން ހުޅުމާލޭގައި ހަދަންފަށާފައިވާ ޓޫރިސްޓް ހޮޓެލް ސަރުކާރަށް ނައި އެތަނުގެ ބައެއް ފްލޯރ ތައް މީޑިއާތަކަށް ހިންގަން ކުޑަ އަގެއްގައި ދިނުމަށް ރާވާފައިވާ ކަމަށާއި އެތަނުން ޖާގަ ލިބޭނެ އުސޫލެއް ހަދައި އެ އުސޫލަށްފެތޭ ހުރިހާ މީޑިއާތަކަށް ޖާގައާއި ފައިސާ ދައުލަތުން ފޯރުކޮށްދޭނެ ކަމަށެވެ. މީގެއިތުރުން ރައީސް ވަނީ ތެދުބަހުން މީޑިއާގެ ހަބަރުތައް ގެނެސްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން ތެދު ކަމަށްވާނަމަ ކޮންމެ އެއްޗެއް ހާމަކުރިޔަސް މައްސަލައެއް ނެތް ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
