އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
ލިޔުން:
އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް މީގެ ކުރިން ބިނާކުރުމަށް މަސައްކަތްކޮށްފައިވަނީ ބާ ޖަމާލުއްދީނުގެ ބިމުގައެވެ. ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށި ހަމަޖައްސަވައިދެއްވާފައިކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނެފައިވަނީ އަރަބިއްޔާ ސްކޫލުގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނިގެން މިނިސްޓްރީއިން ކުރި މަސައްކަތުގައި، ސްކޫލުގެ ޑިޒައިނަށް ބަދަލުގެނެވިފައިވާކަމަށް އެމިނިސްޓަރީން ބުނެފައިވެއެވެ. އަދި އެ ބަދަލުތަކާއެކު، ސްކޫލް ޢިމާރާތްކުރުމަށް ކޮންޓްރެކްޓަރާ ކުރެވުނު މަޝްވަރާ އާއި ގުޅިގެން އާ އަގުތަކެއް ކަނޑައެޅުނު ނަމަވެސް، އޭގެ ސަބަބުން ދައުލަތަށް ގެއްލުންވާ ވަރު ބޮޑުވާތީ، ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް ވަނީ ބާޠިލު ކުރުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައި ކަމަށްވެސް އެ މިނިސްޓަރީން ބުނެފައިވެއެވެ.
އަދި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާ ގޮތަށް ކަމަށާއި އަދި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
