ދާލަން އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ބޮޑު ތަރުހީބެއް؛ 600 ކުދިން ވަޒީފާއަށް އެދިއްޖެ

ދާލަން އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ބޮޑު ތަރުހީބެއް؛ 600 ކުދިން ވަޒީފާއަށް އެދިއްޖެ
ލިޔުން:
މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ދާލަން ކެރިއާ އެކްސްޕޯގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބި، އެ ކުންފުނީގެ ވަޒީފާއަށް 600 މީހުން ކުރިމަތިލައިފި އެވެ.
ހަޔަ އެޑިއުކޭޝަން، ލޭބަ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއޭސީއެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އޭގެތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާއިރު، އިންޓާންޝިޕްގެ ފުރުސަތުގައި ބައިވެރިވުމަށް 103 މީހަކު ފޯމު ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަޒީފާގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކަށް ލިޔުން ހަވާލު ކޮށްދެއްވާފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.
މީގެ އިތުރުން، އެ ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓާކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައިވެ އެވެ.
އެކްސްޕޯގައި އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވެ، ވެެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި ކުރެވޭ މުހިންމު މަސައްކަތްތައް ދައްކާލާފައިވެ އެވެ.
ދާލަން ކެރިއާ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމެވެ. އެމްއޭސީއެލުން ބުނީ، އެ ކުންފުނިން މި އެކްސްޕޯގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ އިގުތިސޯދާއި ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
