
ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ އެއްވެސް ފަރާތަކުން އެދިގެނެއްނޫން: ރައީސް ސޯލިހް
ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ އެއްވެސް ފަރާތަކުން އެދިގެނެއްނޫން: ރައީސް ސޯލިހް
ލިޔުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެޔަށް ބަދަލުކުރެއްވީ އެއްވެސް ފަރާތަކުން އެދިވަޑައިގެންނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރށްފަހު ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ އެއްވެސް ފަރާތަކުން ބުނެގެން ނޫންކަމަށާއި، ރިޔާސީ އިންތިހާބު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދެންނެވުމަށް އެމަނިކުފަނު ރައީސް ޑރ.މުއިއްޒު އަށް ގުޅުއްވި ކަމަށާއި އެ ފޯނު ކޯލުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ރައީސް ޑރ.މުއިއްޒު ނުދައްކަވާ ކަމަށެވެ. އަދި އިންތިހާބީ ރައީސްއާ ބައްދަލުކުރެއްވުމުގެ ގޮތުން ރައީސް ޑރ.މުއިއްޒުއާ ރައީސް އޮފީހުގައިވެސް ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައިވެސް ރައީސް ޔާމީން މިނިވަންކުރުމާގުޅޭ ވާހަކައެއް ރައީސް ޑރ.މުއިއްޒު ނުދައްކަވާ ކަމަށެވެ.
ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ދެންނެވިން ކަމަށާއި، އަދި ރައީސް ޔާމީން މާލެ ގެންނަ ވާހަކަ ދެންނެވުމުން އެބޭފުޅުންނަށް ހައިރާންކަމެއް ލިބިވަޑައިގަތްކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
