
ސަރުކާރަށް އެއް އަހަރު: އަބްދުއްރަހީމްގެ ޝުކުރާއި ތައުރީފް ރައީސް ޑރ. މުޢިއްޒުއަށް
ސަރުކާރަށް އެއް އަހަރު: އަބްދުއްރަހީމްގެ ޝުކުރާއި ތައުރީފް ރައީސް ޑރ. މުޢިއްޒުއަށް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސްގެ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި ހެޔޮ އެދުންތައް ފާޅުކުރައްވައިފި އެވެ.
މަޖިލިސް ރައީސް މި ޚިޔާލުފުޅުތައް ފާޅުކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
"ދިވެހީންގެރާއްޖޭގެ ވެރިކަމަށް، ޕީއެންސީގެ ސަރުކާރަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތަށް 1 އަހަރުފުރޭ މި އުފާވެރި މުނާސަބަތުގައި އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދިވެހީންގެ ރާއްޖޭގެ ލޮބުވެތި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިހުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ހެޔޮއެދުންތައް އަރިސްކުރަން،"
މީގެ އިތުރުން، މަޖިލިސް ރައީސް ވަނީ ރައީސް މުއިއްޒު ގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާއި ސާބަސް ދަންނަވާފަ އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް ފަހިކަމާއި ފާގަތިކަން މިންވަރުކުރެއްވުމަށް އެދި އަބްދުއްރަހީމް ވަނީ ދުއާ ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
