ސަރުކާރަށް އަހަރެއް: ނައިބް ރައީސް ވިދާޅުވަނީ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެފިކަމަށް

ސަރުކާރަށް އަހަރެއް: ނައިބް ރައީސް ވިދާޅުވަނީ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެފިކަމަށް
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއިން ރާއްޖޭގެ ސިޔާސަތުތައް ބަލައިގެންފި ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް (ފޮޓޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސަރުކާރާއި ހަވާލުވީއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދަރަނީގެ މައްސަލަ ކަމަށެވެ.
ނަމަވެސް، ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން ދަރަނި ދައްކަން ހުރި ގައުމުތަކާއެކު ގުޅުން ބަދަހިކުރެވި، ބޮޑެތި ލުއިތަކެއް ލިބިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.
"މި ކާމިޔާބީތައް މި ލިބެނީ އަޅުގަނޑުމެން ބައްޓަން ކުރަމުންދާ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން. ދުނިޔެ ގަބޫލު ކޮށްފި އަޅުގަނޑުމެން ރައީސްގެ ސިޔާސަތުތައް. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ. އޭގެ ހުރިހާ ކަމެއް ރައްޔިތުންނަށް މަންފާ ކުރާނީ،" ނައިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާޏު ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ފޯރަމްތަކުން ފަންނީ ބޭފުޅުންނާއި ދިމާވާއިރު އަބަދުވެސް ދައްކަމުން ދިޔައީ ރާއްޖެއާއި ނުބައްދަލު ސަބްސިޑީސްގެ ވާހަކަ ކަމަށެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް ވޯލްޑް ބޭންކުންނާއި އެހެނިހެން ފަރާތްތަކުން ލަފާ ދެއްވަމުން ދިޔަ ކަމަށާއި، މި ސަރުކާރުން ކުރިއަށްދަނީ އެ ލަފަޔާއެކު ކަމަށް ވިދާޅުވި އެވެ.
ސަރުކާރަށް އަހަރެއް ވީއިރު، ރަސްމީ މަސައްކަތްތަކުގައި ބޭރުގެ އެތައް ބައްދަލުވުމަކަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، ބޭރު ގައުމުތަކުގެ ވެރިން ރާއްޖެއަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާގޮތް އެ ބޭފުޅުންނަށް ކަމުގޮސް އެވާހަކަ ދައްކާކަން ވެސް ފާހަގަ ކުރެއްވި އެވެ.
"ފާހަގަކުރެވޭ އެ ބޭފުޅުން އަޅުގަނޑުމެންނަށް މިއަދު ކުރާ އިހުތިރާމް. އަޅުގަނޑުމެނާ ދޭތެރޭ ދެކޭގޮތް. އެއީ އެންމެން ވެސް ގަބޫލު ކުރަނީ އެބޭފުޅުންގެ ހިތޭ ރާއްޖެ މީ. އެހާ ވެސް ލޯބިވާ ގައުމެކޭ މިއީ،" އެހެން ގައުމުތަކުގެ ވެރިން ރާއްޖެ ސިފަކޮށްދެއްވާ ގޮތް ފާހަގަކުރައްވާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
