މާލެ: 31°C

ރައީސް ސޯލިހް އެއްމެފަހުން ކުރެއްވި ރަސްމީ މަސައްކަތް: އަލަށް ޚަވާލުވާ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަ އަތްޕުޅުން ލިޔުއްވި ނަސޭހަތުގެ ސިޓީ

November 17, 2024
2 ފަހަރު ބަލާފައި
ރައީސް ސޯލިހް އެއްމެފަހުން ކުރެއްވި ރަސްމީ މަސައްކަތް: އަލަށް ޚަވާލުވާ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަ އަތްޕުޅުން ލިޔުއްވި ނަސޭހަތުގެ ސިޓީ
ރައީސް ސޯލިހް އެއްމެފަހުން ކުރެއްވި ރަސްމީ މަސައްކަތް: އަލަށް ޚަވާލުވާ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަ އަތްޕުޅުން ލިޔުއްވި ނަސޭހަތުގެ ސިޓީ
ރައީސް ސޯލިހް ރައީސްކަމުގައި އެއްމެ ފަހުން ކުރެއްވި ރަސްމީ މަސައްކަތަކީ އަލަށް ޚަވާލުވާ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަ އަތްޕުޅުން ލިޔުއްވި ނަސޭހަތުގެ ސިޓީ ގައި ސޮއިކުރެއްވުން ކަމަށް ކުރީގެ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ހެނދުނު،ހެނދުނާ ޕްރޮގްރާމަށް މިއަދު ދެއްވި ބަސްދީގަތުމެއް ގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ރައީސް ކަމުގައި ކުރެއްވި އެއްމެ ފަހުގެ ރަސްމީ މަސައްކަތަކީ އަލަށް ޙަވާލުވާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީކޮޅެއް ލިޔުއްވައި ސޮއިކުރެއްވުން ކަމަށެވެ. އެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އެއްމެ ފަހުދުވަހު އެމަނިކުފާނު ގެ އެކިއެކި މަސައްކަތްތައް ނިންމާވެލުމަށްފަހު، އަލަށް އެ ގޮނޑީގައި އިށީނދެވަޑައިގަންނަވާ ރައީސުލް ޖުމްހޫރިއްޔާ އަށް ނޯޓެއް ނަމަވެސް އެމަނިކުފާނު ލިޔުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެވުނު ކަމަށާއި، އެކަން އެގޮތަށް ކުރަން ފެނުނީ އެ މަގާމުގައި ހުންނައިރު ކަންކަން ކުރުމުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިވާނެ ގޮންޖެހުންތައް އެ މަނިކުފާނުގެ 5 އަހަރުގެ ތަޖުރިބާ ގެ އަލީގައި އެމަނިކުފާނަށް ފެންނައެއްޗެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އަތްޕުޅުން ސިޓީއެއް ލިޔުއްވާފައި މޭޒުމަތީ ބޭއްވުމަށްފަހު އޭރު ކޯޕަރޭޓް އެފެއާޒް މަގާމުގައި ހުންނެވި ހުސެއިން އާމިރު އަރިހުން އެމަނިކުފާނެ އެ ސިޓީ ސީދާ ރައީސް ޑރ.މުއިއްޒު ގެ އަތްޕުޅަށް އެރުވުމަށް ދެންނެވި ކަމަށެވެ. އަދި އެސީޓީގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރަންޖެހުނު ތަޖުރިބާގެ އަލީގައި ކެތްތެރި ވުމަށާއި ކަންކަން ކުރުމުގައި  އިސްލާންދީނާ ރައްޔިތުން އިސްކުރުމަށާއި، އަދި އުނދަގޫ ކިތައްމެ ވަގުތެއް އަންނާނެ ކަމަށާއި، ތިމާ ބޭނުން ނޫން ގޮތްގޮތައް ކަންކަން ނިންމަންޖެހޭ ވަގުތުތައްވެސް އަންނާނެ ކަމަށާއި އެއިން ކޮންމެ ވަގުތެއްގައިވެސް އިސްކުރަންވާނީ ރައްޔިތުންގެ ހައްގުތަކާއި ގައުމީ މަސްލަހަތު ކަން ބަޔާންކޮށްފައިވާނެ ކަމަށާއި، އަދި އބަަދުވެސް ތިމާއަކީ ރައްޔިތުންގެ ހާދިމެއްކަން ހަނދުމާގައި ބަހައްޓަވަން ނަސޭހަތްރެިވެފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ސިޓީފުޅުގައި ބަޔާންކޮށްފައިވަނީ،
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. މިއަދު މަނިކުފާނު ތިޔަ ޚަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއެވެ. އެއީ ވަރަށްބޮޑު އަމާނާތެއް އަދި އެހާމެ ބޮޑު މަސްއޫލިއްޔަތެއްމެއެވެ. މި މަގާމާ ޚަވާލުވާ ކޮންމެ މީހަކުވެސ އަބަދުމެ މަސައްކަތްކުރަންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނޮކޮށް، އިޚްލާސްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރުމަށެވެ. އުނދަގޫ ކިތައްމެ ވަގުތަކާ ކުރިމަތިލާންޖެހޭނެއެވެ. ތިބާ ބޭނުންވާގޮތައް ކަންކަން ނިންމަން ދަތިވާ ވަގުތު އަންނާނެއެވެ. އަދި ތިބާ ބޭނުންނުވާ ގޮތައް ކަންކަން ނިންމަންޖެހޭ ވަގުތުތަކާވެސް ބައްދަލުވާނެއެވެ. އެއިން ކޮންމެ ވަގުތެއްގައިވެސް އިސްކުރަންވާނީ ރައްޔިތުންގެ ހައްގުތަކާއި، ގައުމީ މަސްލަހަތެވެ. ތިމާ އަކީ ރައްޔިތުންގެ ޚާދިމެއްކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވާށެވެ. މަޝްވަރާ ކުރައްވާށެވެ. އަޅުގަނޑު އެދެނީ މަނިކުފާނަށް ކާމިޔާބެވެ. ދިވެހި ގައުމަށް އަމާންކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. އާމީން
   

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ