މާލެ: 31°C

ނިލަންދޫގެ ނަރުދަމާ އެމްޑަބްލިއުއެސްސީ އަށް

November 17, 2024
2 ފަހަރު ބަލާފައި
ނިލަންދޫގެ ނަރުދަމާ އެމްޑަބްލިއުއެސްސީ އަށް
ނިލަންދޫގެ ނަރުދަމާ އެމްޑަބްލިއުއެސްސީ އަށް
ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޑިޒައިންކޮށް ތަރައްގީކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ. ނިލަންދޫ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް މުހައްމަދެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މުހައްމަދެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނިލަންދޫ ނަރުދަމާ ނިޒާމުގެ މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ 25 ގައި 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ފެނަކައާ ހަވާލު ކުރެވުނު މަޝްރޫ އެކެވެ. އެމްޑަބްލިއުއެސްސީއާ ހަވާލު ކުރެވުނު މި މަޝްރޫގެ ދަށުން މިހާރު އެރަށުގައި ބޭނުން ކުރަމުންދާ ވެކިއުމް ނިޒާމުގެ ބަދަލުގައި ގްރެވިޓީ ނިޒާމެއް ގާއިމު ކުރެވިގެން ދާނެ އެވެ. މީގެ ސަބަބުން އެރަށު ރައްޔިތުންނަށް މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވެގެން ދާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ