މާލެ: 31°C

ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިކަލުން މަކުނުދޫ އަށް ގޮސް ކުކުޅަކާއި 3 މުސަޅު ގަނެފި

November 16, 2024
2 ފަހަރު ބަލާފައި
ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިކަލުން މަކުނުދޫ އަށް ގޮސް ކުކުޅަކާއި 3 މުސަޅު ގަނެފި
ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިކަލުން މަކުނުދޫ އަށް ގޮސް ކުކުޅަކާއި 3 މުސަޅު ގަނެފި

ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ ކުރީގައި ގުނާލެވޭ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީގެ ހަގު ދަރިކަލުން އަނަންތު އަންބާނީ މިއަދު މަކުނުދޫ އަށް ގޮސް ކުކުޅަކާއި 3 މުސަޅުގަނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްބާނީގެ ހަގު ދަރިކަލުން އަނަންތު އަމްބާނީ ޗުއްޓީ ހޭދަކުރައްވަނީ މަކުނޫ ފަޅުތެރޭގައި އޮންނަ ސޮނެވާ ސީކްރެޓް ޕްރައިވެޓް އައިލެންޑްގައެވެ.

އަނަންތު އަމްބާނީ މަކުނުދޫއަށް ޒިޔާރަތްކޮށްފައިވަނީ ޖެޓްސްކީއެއްގައި އެކަނި ކަމަށާއި ފަހަތުން އޭނާގެ ސެކިއުރީޓީ އެހެން ޖެޓްސްކީއެއްގައި އެރަށަށް ދިޔަކަމަށް މަންޒަރުދުއް ފަރާތްތަކުން ބުނެފައެިވެއެވެ. އަދި އެރަށަށް ގޮސް އަނަންތު އަންބާނީ ވަނީ އެރަށުގެ މީހުންގެ ގާތުން އަހައިގެން ކުކުޅަކާއި 3 މުސަޅު ގަނެފައި ކަމަށް އެރަށުގެ މީހުންނާ ހަވާލާދީ ދައުރު ނޫހުން ރިޕޯޓް ކޮސްފައިވެއެވެ.

އެނޫހުން ރިޕޯޓްކޮސްފައިވާ ގޮތުގައި އާނަންތު އަންބާނީ އެރަށަށް ގޮސް އަތިރިމަތީގައި ތިބި ބައެއްގެ ގާތުން އެރަށުގައި ކުކުޅާއި މުސަޅާއި އަދި ދޫނި ވިއްކާތޯ ސްވާލުކުރި ކަމަށްވެއެވެ. އަދި އެ އެއްޗެހި ގަންނަން އެ ވިއްކާ ގެއށް ދިއުމަށް ކާރެއް ބޭނުންވާކަމަށްވެސް ބުނިކަމަށް ގެނެސްދީފައިވެއެވެ. އެއަށްފަހު އަނަންތު އަންބާނީ ވަނީ މުސަޅާއި ކުކުޅު ވިއްކާ ގެއަށް ގޮސް 400 ރުފިޔާ ދީފައި 3 މުސަޅާއި ކުކުޅެއް ގަތް ކަމަށާއި އެއަށް ފަހު ދޫނި ވިއްކާ ގެއަށް ދިޔައިރު މީހުން ނޫޅޭތީ ދެން އެދުނީ ރަށުގެ މުހިއްމު ތަންތަން ބަލާލަން ދިއުމަށް އާނަންތު ބޭނުންވި ނަމަވެސް ރަށުގައި އިތުރު ވަގުތު މަޑުނުކޮށް ދިޔައި ބަނދަރު މައްޗަށް ފުރަން ކަމަށާއި އޭރު އެރަށުގެ ފަޅު ތެރޭގައި 2 ލޯންޗެއްގައި ރިސޯޓުގެ މުވައްޒަފުންނާ އަންނަތު އަންބާނީގެ ޑޮކްޓަރުންގެ ޓީމަކާއި އިތުރު ސެކިއުރިޓީ ޓީމެއް އައިސް ތިބި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ