
ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވި ބޯޓެއް ޑްރޯނުން ހޯދައިފި
ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވި ބޯޓެއް ޑްރޯނުން ހޯދައިފި
ލިޔުން:
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު ހޯދާފައިވަނީ އެއާ ކާގޯ ޑްރޯން އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގެ އެ ބޯޓު ލޮކޭޓްވެފައިވަނީ ޑްރޯން އަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް އިންޓަސެޕްޓް ކުރުމަށްފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ބޭނުން ކުރަން ފެށީ މިއަހަރު މާޗް މަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
