މާލެ: 31°C

އިތުރު ތިން ރިސޯޓަކުން ކުނި އުކާލުން ވެމްކޯއަށް

November 16, 2024
2 ފަހަރު ބަލާފައި
އިތުރު ތިން ރިސޯޓަކުން ކުނި އުކާލުން ވެމްކޯއަށް
އިތުރު ތިން ރިސޯޓަކުން ކުނި އުކާލުން ވެމްކޯއަށް
އިތުރު 3 ރިސޯޓެއްގެ ކުނި އުކާލުމުގެ އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެކު މިއަދު ސޮއިކޮށްފި އެވެ. އެ 3 ރިސޯޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު މާގިރި ހޮޓަލްގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ  އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ތިން ރިސޯޓަކީ؛

  1. މަލަހިނި ކުޑަބަނޑޮސް މޯލްޑިވްސް
  2. ޖުމެއިރާ އޮޅަހަލި މޯލްޑިވްސް
  3. މޫވެންޕިކް ރިސޯޓްސް ކުރެދިވަރު މޯލްޑިވްސް
ވެމްކޯއިން ބުނީ އަންނަ ހަފްތާގެ ތެރޭގައި އިތުރު 2 ރިސޯޓަކާއެކު އެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. މިދިޔަ ޖުލައި މަހު ވެމްކޯއިން ފެށި އެ ހިދުމަތުގެ ތެރެއިން މިހާތަނަށް އެ ކުންފުނިން ހިދުމަތް ދެމުން އައީ 3 ރިސޯޓަކަށެވެ. އެއީ ކޯރާ ކޯރާ މޯލްޑިވްސް، އަލައިލާ ކޮތައިފަރު މޯލްޑިވްސް އަދި ނޮކު މޯލްޑިވްސް އެވެ. އެއީ ޒޯން 2 ގައި ހިމެނޭ ރިސޯޓްތައްކަމުން އެ ރިސޯޓްތަކުން އުފެދޭ ކުނި ގެންދަނީ ރ. ވަންދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށެވެ. މިއަދު ބޭއްވި ހަފްލާގައި އެ 3 ރިސޯޓަށް ސަސްޓެއިނަބަލް ރިކޮގްނިޝަން ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ