
ވަގު ސްލިޕް ފޮނުވައިގެން ރެޑްބުލާއި ސިނގިރެޓް ގަތުމުގެ އަދަދަބަކީ ޖޫރިިމަނާއެއް
ވަގު ސްލިޕް ފޮނުވައިގެން ރެޑްބުލާއި ސިނގިރެޓް ގަތުމުގެ އަދަދަބަކީ ޖޫރިިމަނާއެއް
ލިޔުން:
ފިހާރައަކުން 5 ރެޑްބުލް ދަޅާއި ކެމަލް ހާޑް ބްރޭންޑްގެ 3 ސިނގިރޭޓް ފޮށި ގަންނަން ފޭކް ސްލިޕް ފޮނުވި މީހަކު ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފައިވަނީ ހދ. ވައިކަރަދޫ/ މިލާފަރު، އަލީ ރަޝީދުގެ މައްޗަށެވެ. ރަޝީދަށް އުފުލާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ.
ކޯޓުން ކުރި ހުކުމްގައި ބުނީ, ރަޝީދު ފޭކް ސްލިޕް ފޮނުވާފައިވަނީ 23 ޖޫން 2021 ވަނަ ދުވަހު މާލެ ޖަންބުމަގުގައި ހުންނަ ހިޓްޒްމާޓް ފިހާރައިގެ ވައިބާ ނަންބަރަށް ކަމަށެވެ.
ފޭކް ސްލިޕް ފޮނުވި ކަމަށް އިންކާރުކޮށް ރަޝީދު ބުނީ އެއީ އޭނާ ފޮނުވި ސްލިޕެއް ނޫން ކަމާއި، އޭނާ ފިހާރާއަށް ދިޔައީ ރައްޓެއްސެއް ބުނެގެން ތަކެތި ބަލައި ކަމަށެވެ. ފިހާރައަށް އޭނާ ފޮނުވި މީހާގެ ނަން ނޭނގޭ ކަމަށް ރަޝީދު ބުންޏެވެ. އަދި އެކަން ހިނގި ދުވަހު ފުލުހުންނަށް ދީފައިވަނީ ތެދު ބަޔާނެއް ކަމަށް އޭނާ ބުންޏެވެ.
ކްރިމިނަލް ކޯޓުން ރަޝީދަށް އިއްވި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމުގެ ބަދަލުގައި 11600 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 1 މަސް ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
