
ޖީންސާއި ޓީޝާޓް ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުކުރުން މަނާކޮށްފި
ޖީންސާއި ޓީޝާޓް ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުކުރުން މަނާކޮށްފި
ލިޔުން:
އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލު ކަނޑައަޅާ، އާއްމުކޮށްފި އެވެ.
ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެ އުސޫލުގައި ވަނީ ހެދުން އަޅާނެ ވަކި މިންގަނޑުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އިމާމުވެ ނަމާދު ކުރާއިރު ޖީންސާއި ޓީޝާޓް ފަދަ ތަކެތި ލައިގެން ނަމާދު ނުކުރުމަށް އެ އުސޫލުގައި އަންގާފައިވެ އެވެ.
އެ އުސޫލުގައި ބުނީ، އިމާމުވެ ނަމާދުކުރާ އިރު ލައިގެން ހުންނަންވާނީ، އިސްލާމީ މުޖުތަމައު ބަލައިގަންނަ ފަދަ ހެދުމެއްގައި ކަމަށާއި، އެއީ ގަޔަށް ބާރު ހެދުމަކަށްވެގެން ނުވާނެ ކަމަށެވެ.
އުސޫލު ކަނޑައަޅާފައިވާއިރު، އިމާމުންގެ ރިވެތި އަހުލާގާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރު އަޅާފައިވެ އެވެ.
އެގޮތުން، އަމިއްލައަށް ކުރާ އެއްވެސް ކަމަކުން ނުވަތަ ހިންގާ ހަރަކާތަކުން އިމާމުންގެ ގަދަރާއި ހައިބަތަށް އިތުބާރު ގެއްލޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ އުސޫލުގައި އަންގާފައިވެ އެވެ.
އަދި މިސްކިތުގެ ޖަމާއަތުގައި މައުމޫމުންނަށް ނަމޫނާއަކަށް ވާނެ ފަދަ ގޮތަކަށް ސާފުތާހިރު ވެގެން ހުރުމަށް އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ. އަދި އިސްލާމީ އުންމަތް ބަލައިގެންފައިވާ ދީނީ އިލްމުވެރިންނަށް އިހްތިރާމް ކުރުމަށާއި، އަޅުކަމުގައި ދީނީ ގޮތުން ބައިބައިވުން އުފެދިދާނެ ފަދަ އަމަލުތަކުން ދުރުހެލި ވުމަށް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ.
އުސޫލު ކަނޑައެޅިފައިވާއިރު، ސުންނަތް ޖަމާއަތަށް ފުށުއަރާ ގޮތަށް މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް އެންގުމުގެ ޒިންމާ ވެސް ވަނީ އިމާމުންނާއި މުދިމުންނަށް މަތިކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
