މާލެ: 31°C

އައިޑީކާޑާއި ޕާސްޕޯޓް ހެދުން މުޅި ރާއްޖެއަށް ފުޅާކުރަނީ

November 16, 2024
2 ފަހަރު ބަލާފައި
އައިޑީކާޑާއި ޕާސްޕޯޓް ހެދުން މުޅި ރާއްޖެއަށް ފުޅާކުރަނީ
އައިޑީކާޑާއި ޕާސްޕޯޓް ހެދުން މުޅި ރާއްޖެއަށް ފުޅާކުރަނީ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން އިފްތިތާހު ކޮށްފި އެވެ. މިއަދު ރައީސް އޮފީހު ގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ހިދުމަތް ފުޅާކުރެވިގެންދާއިރު، ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައި އެ ހިދުމަތް ފެށުމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކުގެ އިތުރުން 7 ރަށެއްގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ. އެއީ، އެ ރަށްތައް އުފެދުމުގައި އަތޮޅުގެ ވެރިކަންކުރާ ރަށާ ވަކިން އޮތުމުން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ. މިއަދު ހިދުމަތް ފެށިގެން ގޮސްފައިވާ ރަށްތައް:
  • ދ. ކުޑަހުވަދޫ - ޕާސްޕޯޓްގެ ހިދުމަތް
  • ލ. ފޮނަދޫ - ޕާސްޕޯޓްގެ ހިދުމަތް
  • ހދ. ކުޅުދުއްފުށި - އައިޑީކާޑުގެ ހިދުމަތް
  • ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެ - އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް
އަލަށް އައިޑީކާޑުގެ ހިދުމަތް ފަށަން ނިންމާފައިވާ ރަށްތަކާއި އަތޮޅުތައް:
  • ހއ. ދިއްދޫ
  • ހދ. މަކުނުދޫ
  • ށ. ފުނަދޫ
  • ނ. އަތޮޅު
  • ރ. އަތޮޅު
  • ބ. އަތޮޅު
  • ޅ. އަތޮޅު
  • ކ. ގުރައިދޫ
  • ކ. ތުލުސްދޫ
  • އއ. އަތޮޅު
  • އދ. އަތޮޅު
  • ވ. އަތޮޅު
  • މ. އަތޮޅު
  • ފ. އަތޮޅު
  • ތ. އަތޮޅު
  • ލ. އަތޮޅު
  • ގދ. އަތޮޅު
  • ސ. އަތޮޅު
  • ފުވައްމުލަށް ސިޓީ
އަލަށް ޕާސްޕޯޓުގެ ހިދުމަތް ފަށަން ނިންމާފައިވާ އަތޮޅުތަކާއި ރަށްތައް:
  • ހއ. އިހަވަންދޫ
  • ހދ. މަކުނުދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ނ. އަތޮޅު
  • ރ. އަތޮޅު
  • ބ. އަތޮޅު
  • ޅ. އަތޮޅު
  • ކ. ގުރައިދޫ
  • އއ. އަތޮޅު
  • އދ. އަތޮޅު
  • ވ. އަތޮޅު
  • މ. އަތޮޅު
  • ފ. އަތޮޅު
  • ތ. އަތޮޅު
  • ގއ. އަތޮޅު
އެ ހިދުމަތް ފަށަން ހަމަޖެހިފައިވާ ގޮތުގެ ޓައިމްލައިން:
  • ހދ. މަކުނުދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ، 2025 ގައި
  • ގދ. ގައްދޫ އަދި ތިނަދޫ  - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާޗު، 2025 ގައި
  • ސ. ހިތަދޫ އަދި ހުޅުމީދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް، 2025 ގައި
  • ޏ. ފުވައްމުލަށް - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް، 2025 ގައި
  • ހއ. ދިއްދޫ އަދި އިހަވަންދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މެއި، 2025 ގައި
  • ރ. އުނގޫފާރު އަދި އަލިފުށި - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މެއި، 2025 ގައި
  • ލ. ފޮނަދޫ - އައިޑީކާޑުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން، 2025 ގައި
  • ށ. ފުނަދޫ އަދި މިލަންދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން، 2025 ގައި
  • ނ. ވެލިދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި، 2025 ގައި
  • ތ. ވޭމަންޑޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި، 2025 ގައި
  • އދ. މަހިބަދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު، 2025 ގައި
  • ބ. ދަރަވަންދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު، 2025 ގައި
  • ޅ. ނައިފަރު - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު، 2025 ގައި
  • ފ. ނިލަންދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު، 2025 ގައި
  • މ. މުލި - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު، 2025 ގައި
  • އއ. ރަސްދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު، 2025 ގައި
  • ވ. ފެލިދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު، 2025 ގައި
  • ކ. ތުލުސްދޫ އަދި ގުރައިދޫ - ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު، 2025 ގައި
މިނިސްޓަރު ވިދާޅުވީ، އެ ޓައިމްލައިންއާ އެއްގޮތަށް އެރަށްރަށުގައި ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ