
ފްލެޓް ލިސްޓް އާންމުުކުރުން އަނެއްކާވެސް ފަސްކޮށްފި
ފްލެޓް ލިސްޓް އާންމުުކުރުން އަނެއްކާވެސް ފަސްކޮށްފި
ލިޔުން:
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަން އިތުރު ވަގުތު ބޭނުންވާތީ، ދާއިމީ ލިސްޓު އިއުލާނުކުރުން އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު ޢަލީ ހައިދަރު ބުރާސްފަތި ދުވަހު ވިދާޅުވީ ހަފުތާ ފެށުމުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ލިސްޓު މުރާޖައާކުރަން އިތުރަށް ވަގުތު ބޭނުުންވާ ކަމަށް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކަނޑައެޅީ ކުރީ ސަރުކާރުން ކަމަށާއި ނަމަވެސް ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ލިސްޓުތައް ރިވިއުކުރުމުގެ މަސައްކަތަށް ސަރުކާރުގެ ނުފޫޒެއް ނުވަންނާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވަނީ މިނިވަން މުސްތަގިއްލު ކޮމެޓީ އެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ފްލެޓް ލިސްޓް އިއުލާންކުރުމަށް އެކި ފަހަރުމަތިިން ތާރީޚުތައް ދެއްވައި އެއިން އެއްވެސް ތާރީޚެއްގައި ލިސްޓް އާންމުކުރައްވާފައި ނުވާތީ އާންމުންގެ ކަންބޮޑުުވުމާއި ނުރުހުން ދަނީ ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
