
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައިވާކަމަށް ބުނެ ޖޭ.އެސް.ސީ އިން މަދަނީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފި
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައިވާކަމަށް ބުނެ ޖޭ.އެސް.ސީ އިން މަދަނީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފި
ލިޔުން:
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައިވާކަމަށް ބުނެ ޖޭ.އެސް.ސީ އިން މަދަނީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައިވާކަމަށް ބުނެ ޖޭ.އެސް.ސީ އިން މަދަނީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް މިދިޔަ ހަފްތާގައި ޖުޑީޝަލް ސަރަވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ މެދުތެރެއިން ފެށިގެން އަމަލުކުރަން ފެށި އައު މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެ، ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށް ފެންނާތީ ކަމަށެވެ.
އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިސްނެގުމުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިންޓަނޭޝަނަލަށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، ޤާނޫނު އެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި، ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިޞްލާޙުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާކަމެވެ.
ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި މަދަނީ އިޖުރާއަތުގެ ޤާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ އތުރު ތަފްސީލެއް ހިމަނާފައިނުވެއެވެ. އަދި މި އިސްލާޙުތަކާ ގުޅޭގޮތުން މިހާތަނަށް ބަންޑާރަނައިބުގެ އޮފީހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
