
މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން އެމް.ޖޭ.އޭ އިން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރަނީ
މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން އެމް.ޖޭ.އޭ އިން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރަނީ
ލިޔުން:
މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން އެމް.ޖޭ.އޭ އިން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރަން އެދިއްޖެއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެޓަރނީ ޖެނެރަލް އަދި ޕީ.އެން.ސީގ.ގެ ޕާލަމަންޓްރީ ގުރޫޕާ ބައްދަލުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން އެދިފަވާކަމަށް އެ ޖަމްއީޔާއިން ބުނެފިއެވެ. މި ބައްދަލުވުމަށް އެދި ރަސްމީކޮށް އެފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި ބައްދަލުވުންތައް އިންތިޒާމްކޮށްދެއްވާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށްވެސް އެ އެސޯސިއެޝަން އިން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
އެމް.ޖޭ.އޭ އިން މި ބިލާ ގުޅޭގޮތުން ސަރުކާރުގެ އިސްފަރާތްތަކަށް ބައްދަލުކުރުމަށް އެދިފައިވާއައިރު އެ އެސޯސިއޭޝަނާއި އައި.އެފް.ޖޭ ހިމެނޭ ގޮތުން މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިއްޔެ ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި މި ބިލާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ބުނެފައިވެއެވެ.
އެ ޖަމީއްޔާތަކުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ފާހަގަކޮށްފައިވާ ގޮތުން މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލާއި އެކުލަވާލަން އުޅޭ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ގެ ޤާނޫނުން ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލާކަމާއި އަދި ވަކި ވަކި ޖާނަލިސްޓުންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުމުގެ ސަބަބުން ޤާނޫނުއަސާސީން ލިއްބާދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ޖާނަލިސްޓުންގެ މަސައްކަތަށް ހުރަސްއެޅޭކަމަށް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
