ވަގުފު ފަންޑުން ނެއްލާދޫގައި އެކުއަރކަލްޗަރ އައުޓްލެޓްތަކެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ވަގުފު ފަންޑުން ނެއްލާދޫގައި އެކުއަރކަލްޗަރ އައުޓްލެޓްތަކެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ލިޔުން:
ވަގުފު ފަންޑުން ނެއްލާދޫގައި އެކުއަރކަލްޗަރ އައުޓްލެޓްތަކެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރީ އޮފް އިސްލާމިކް އެއާޒް ގެ ފަރާތުން އެއްބަސްވުމުގި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައިދު އެވެ. ނެއްލާދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ނެއްލާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާލިފް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވީ ވަޤުފްގެ މަޝްރޫޢުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭ ގޮތަށް ފުޅާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި، ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ރަށުގައި ވަޤުފް މަޝްރޫޢުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމީ މިނިސްޓްރީ އަށް ލިބުނު 24 ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެއްމެ އެކަށޭނަ ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ އެކައުންސިލުން ކަމަށްވާތީ ކަމަށެވެ. އެގޮތުން އެކައުންސިލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ދަށުން ކަނޑާއި،ފަޅާއި،އަދި ލަނޑާގެ މަސައްކަތްކުރުމަށް 10 އައުޓްލެޓް ތަރައްގީކޮށް ރަށުގެ ރައްޔިތުންނަށް ދީގެން ލިބޭ ނަފާއިން ރަށުގައި ހުރި މިސްކިތްތަކަށް ބޭނުންވާ ކަންކަމާއި އަދި ދީނީ، އިޖުތިމާއީ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވޭނެ ކަމަށެވެ.
ރަށު/ސިޓީ ވަޤުފް މަޝްރޫޢު އަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފުތިތާޙްކުރި މުހިއްމު މަޝްރޫޢުއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 ސިޓީ ކައުންސިލަކުން ޕްރޮޕޯސަލް ހުށައަޅާފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
