
ރައީސް ޑރ.މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވައިފި
ރައީސް ޑރ.މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރޭ އެ ހޮސްޕިޓަލުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހޮސްޕިޓަލް ހުޅުވާދެއްވުމަށްފަހު އެ ހޮސްޕިޓަލުގެ އީއާރ އަކީ ކުޑަކުދިންނަށް ހާއްސަ އީއާރ އެއްގެ ގޮތުގައި ކަނޑައަޅުއްވައި އެ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރާއި، ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ. ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު އެ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްސަ އީ.އާރު، ހައިބްރިޑް ކެތުލެބް އަދި ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
