އަނެއްކާވެސް ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން ހުޅުވާލައިފި

އަނެއްކާވެސް ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން ހުޅުވާލައިފި
ލިޔުން:
ދިވެހިންނަށް ގަނެވޭ ގޮތަށް އަނެއްކާވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކަން ހުޅުވާލައިފި އެވެ.
ބީލަމުގެ އުސޫލުން މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިމެކެވެ. ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ވިއަކަން ހުޅުވާލާފައިވަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ.
މީގެ ކުރިން ބިންވަިއްކަން ހުޅުވާލި ދެ ފަހަރާއި އެއްގޮތަށް މިފަހަރުވެސް ބިންގަތުމަށް ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށާއި، ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާނަމައެވެ.
މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލެ ފޭސް 2 އިން 16 ބިމަކާއި 18 ބިމެއް ވިއްކަން ދެ ފަހަރެއްގެ މަތިން ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
