
ޕީއެންސީއާ ވާދަކުރެވޭނެ އެހެން ޕާޓީއެއް މިހާރަކު ނެތް: އަބްދުއްރަހީމް
ޕީއެންސީއާ ވާދަކުރެވޭނެ އެހެން ޕާޓީއެއް މިހާރަކު ނެތް: އަބްދުއްރަހީމް
ލިޔުން:
މެމްބަރުންގެ ގޮތުން ޕީއެންސީއާ ވާދަކުރެވޭނެ އެހެން ޕާޓީއެއް މިހާރަކު ނެތްކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުލްރަހީމް ވިދާޅުވީ ޕީއެންސީއަށްވުރެ މެމްބަރުންގިނަ އެއްވެސް ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެ ކަމަށާއި، މާލެއިން އެކަނިވެސް އެޕާޓީއަށް ވަންނަން 30 ހާހަށް ވުރެ މީހުން ފޯމު ފުރާފައިވާ ކަމަށެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މެމްބަރުންގެ ގޮތުން ވެސް ޚަރަކާތްތައް ހިންގުމުގެ ގޮތުން ވެސް ޕީއެންސީއާ ވާދަކުރެވޭނެ ވަރުގެ ޕާޓީއެއް މިހާރު ދެން ރާއްގައި ނޯންނާނެ ކަމަށާއި އެގޮތަށް ޕާޓީގެ ކަނަކަން ކުރިއަށް ގެންދެވުމަކީ ރައީސް ޑރ.މުއިއްޒުގެ އާމާޒެއް ކަމަށެވެ.
ޕީއެންސީ އިން ދަނީ ސަރުކާރާށް 1 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް އެޕާޓީއަށް 75 ހާސް މެމްބަރުން ވެއްދުމަށް ފުޅާ ދާއިރތާއެއްގައި މެމްބަރޝިޕް އިތުރުކުރުމުގެ ޚަރަކާތްތައް ހިންގަމުންނެވެ.
އެޕާޓީގެ ބައެއް އިސަފަރާތްތަކުން ބުނާގޮތުގައި އެޕާޓީގެ މެމްބަރޝިޕްގެ އަދަދު މިހާރުވަނީ 80 ހާހުން މައްޗަށް އަރާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
