ބެންގަލޫރުގެ ހޮޓަލެއްގައި މަރުވެފައިއޮތް ދިވެއްސަކު ފެނިއްޖެ

ބެންގަލޫރުގެ ހޮޓަލެއްގައި މަރުވެފައިއޮތް ދިވެއްސަކު ފެނިއްޖެ
ލިޔުން:
އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިއްސަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އިންޑިއާގެ ފުލުހުންނާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 43 އަހަރުގެ ސްހައިލް ކިޔާ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ޓޫރިސްޓެއްގެ ގޮތުގައި އިންޑިއާއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭނާ ހުރީ ބެންގަލޫރުގެ އާރޓީ ނަގަރުގެ ހޮޓަލެއްގައި ކަމަށެެވެ. އަދި މި ދިޔަ ހަފްތާގެ ބުދަދުވަހު އެ ހޮޓަލުން ޗެކްއަޓް ވުމަށް ބުނެފައިވާ ކަމަށެވެ.
ފުލުހުންނާ ހަވާލާދީ އިތުރަށް ބުނެފައިވަނީ ސްހައިލް ފެނުނު އިރު އޭނާގެ ހޭވެރިކަމެއް ނެތްކަމަށާއި ކޮޓަރިތެރޭގައި ގިނަ އަދަދަކަށް ހޮޑު ލާފައި ހުރިކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލުގެ މޯޗަރީއަށް ގެންދެވިފައިވާ ކަމަށާއި އޭނާގެ އާއިލާ އިންޑިއާއަށް ދިއުމުން އާއިލާގެ ބަސް ހޯދުމަށްފަހު ހަށިގަނޑު މޯސްޓް ޕޯޓަމް ހަދަން ހަމަޖެހިފައިވާ ކަމަށެވެ. އިތުރަށް އިންޑިއާގެ ފުލުހުން ބުނެފައިވަނީ މިވަގުތަށް އެ ކޭސް ބަލަމުންދަނީ ގުދުރަތީ މަރެއްގެ ގޮތުގައި ނޫން ކަމަށެވެ.
ސްހެއިލް މިމަހު 15 ގައި މާލެ އައުމުގެ ކުރިން އިންޑިއާގެ މަދިޔަ ޕްރަދޭސް އަށާއި މުމްބާއީއަށް ވެސް ދަތުރުކުރަން ސްހޭލް ޕްލޭނު ކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
