
ކެފޭ ޑި'މާލެ އަށް ވަދެ ތަކެއްޗައް ގެންލުންދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި
ކެފޭ ޑި'މާލެ އަށް ވަދެ ތަކެއްޗައް ގެންލުންދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި
ލިޔުން:
މޫނު ނިވާކޮށްގެން ތިބެ ކެފޭ ޑި'މާލެއަށް ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހެލްމެޓާއި ސާޖިކަލް މާސްކް އަޅައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ޑި'މާލެއަށް ވަދެ، މަރުތެޔޮ ބޭނުންކޮށްގެން އެ ކެފޭގެ ތަކެއްޗަށް ގެއްލުންދީފައިވަނީ ކުރީ ބައިގައި ރާވައިގެން ކަމަށެވެ. އަދި ކެފޭއަށް ދިން ގެއްލުންތަކުގެ ތެރޭގައި ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލުމާއި، ހެދިކާ ޑިސްޕްލޭ ކުރުމަށް ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލުމުގެ އިތުރުން. ކެފޭގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން ފުލުހުން ބުނެފައިވަނީ ހަމަލާ ދިނުމަށްފަހު، އެކަމަށް ބޭނުންކުރި ތަކެއްޗާއި ހެލްމެޓް އިމާރާތްކުރަމުންދާ ތަނަކަށް އެއްލާލާފައިވާ ކަމަށާއި، ފުލުހުންގެ ތަޙުޤީޤު ޓީމުން އެ ތަކެތި ހޯދާފައިވާކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ތަކެއްޗަށް ގެއްލުންދިނުމުގައި ހަރަކާތްތެރިވި 2 މީހުންނާއި، އެ ތަން ވީޑިއޯކުރި މީހާ ހިމެނޭކަމަށެވެ.
ހަމަލާގައި ބައިވެރިވި އެކަކީ 18 އަހަރު ނުވާ ކުޑަކުއްޖެއްކަމަށާއި، ހުރިހާ ފަރާތަކީވެސް ކުށްކުރުމުގެ ރެކޯޑު އޮތް ފަރާތްތަކެއްކަން ފުލުހުން ހާމަކުރި ވަނީ ހާމަކޮށްފައެވެ. އަދި ހަމަލާ ދީފައިވަނީ މިހާރު ގޭންގުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަސާއި އެ ޚިޔާލު ތަފާތުވުންތަކަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
