
ކުއްލި ހާލަތްތަކުގައި ގުޅުމަށް 911 ތަޢާރަފްކޮށްފި
ކުއްލި ހާލަތްތަކުގައި ގުޅުމަށް 911 ތަޢާރަފްކޮށްފި
ލިޔުން:
ކުއްލި ހާލަތްތަކުގައި ފަޔަރަށާއި، އެމްބިއުލަންސް އަށާއި އަދި ފުލުހުންނާއި ކޯސްޓްގާޑް އަށް ގުޅުމަށް 911 ތަޢާރަފްކޮށްފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ނަންބަރ ތަޢާރަފްކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިހްސާން އެވެ. ރޭގެ އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ވަރަށް ކުރީކޮޅު، އެމަޖެންސީ ހާލަތްތަކުގައި ގުޅުމަށް އެއް ނަންބަރެއް ބޭނުންވާކަމަށް ފާހަކަކޮށް އެ މަސައްކަތް ފަށާފައިވާކަމަށާއި، އެ ޚިދުމަތްދޭން ނިންމީ ފުލުހުންގެ މުއައްސަސާގައި އެ ޚިދުމަތް ގާއިމްކޮށް އަދި އެ ޚިދުމަތް ގާއިމްކުރެވިގެން އަންނައިރު ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް 911 ނަންބަރުގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާ ގޮތަށް ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާނު ވަނީ 911ގެ ޚިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ދާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިސްޕެޗް ސެންޓަރުތަކުން ވެސް އެ ޙިދުމަތް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
